އެދުރުނަށް ލޮބުވެތި މިޖީލުގެ، ތަހުނިޔާއާ، ޝުކުރިޔާ
އެދެމެ އެދުރުންނަށް އެޖީލުގެ، ހެޔޮ ސަވާބާ ދަރުމަޔާ
އަލިކަމާ އަނދިރީގެ ފަރަގާ ބުނެދެމުން، އަންގައިދެމުން
ހުލިކުރާ ފީތާތަކޭ، ނިވިގެން ނުދާށި އެކީ ވަޔާ
އުނގެނިގެން އުފެދޭ މިޖީލުގެ، ބަނޑުފުރާ ކާނާއަކަށް
އުނގުތަކަށް ބިނދެފައި އަޅާށޭ، މާމެލާމެލި މޭވަޔާ
މަދަދުވެރި ތިޔަ އަތްތަކަށް، ދުވަހުގެ ތަހާނީ އާ އެކީ
ބަދަލަކަށް ނުފުދޭނެ ދިނަކަސް، ވެދުމަކަށް ވިންދާ ލެޔާ
ދުނިޔަވީ ދިރިއުޅުމުގައި، މިކުރާ ހަޔާތުގެ ދަތުރުގައި
ފިނިކަމެއް ކަމުގައިވަނީ ތިޔަ އުނގުތަކުން ދެއްވާ ހިޔާ
ހިތްކުރާ ޝަކުވާތަކަށް ވިސްނައިދެމުން، ކިޔަމަންވުމަށް
ކެތްކުރާ ބައެކޭ، ޖެހެންދެން ވެސް ހިނގާ ފަހު ނޭވަޔާ

One Response
ވަރަށް ވެސް ފުރިހަމަ.،