Support Us

ސާފް ޗެމްޕިއަންޝިޕްގެ ކޮމެންޓްރީ ގެނެސްދޭ ޓީމުގައި ޝިމްރީ

ގަލޮޅު ދަނޑުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ރޭޑިއޯ ކޮމެންޓްރީ ގެނެސްދޭ ދިވެހިރާއްޖޭގެ އަޑުގެ ޓީމުގައި، ތަޖުރިބާކާރު ކޮމެންޓޭޓަރު އަލީ ޝިމްރީ ހިމަނައިފިއެވެ.

އާއިލާއާއެކު ލަންކާގައި ދިރިއުޅޭ، އެހެން ނަމަވެސް މިވަގުތު މާލޭގައި ހުރި ޝިމްރީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގެ ކޮމެންޓްރީގައި ދެން ބައިވެރިވާނީ ސާއިދު އަހުމަދާއި ވާސިފު އަހުމަދެވެ. ސާއިދާއި ވާސިފަކީވެސް ޝިމްރީގެ އެހީތެރިކަމާއެކު ތަމްރީނުވެފައިވާ ދެ ކޮމެންޓޭޓަރުންނެވެ.

އިންޑިއާ ބަލިކޮށް ރާއްޖެ ތަށި އުފުލައިލި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމުން ވަގުތުން ގެނެސްދީފައި ވަނީވެސް ޝިމްރީއެވެ.

އޮކްޓޫބަރު 1-16އަށް މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ އީދުގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެއާއެކު ފަސް ގައުމެއް ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ، ލަންކާ އަދި ނޭޕާލެވެ. މުބާރާތް ހުޅުވާ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ލަންކާ އާއި ބަންގްލަދޭޝްއެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލާ ވާދަކުރާނީ މާދަމާރެއެވެ.

ނިއުދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރޭޑިއޯ ކޮމެންޓްރީ ގެނެސްދޭން ޝިމްރީ ތައްޔާރުވަނީ

ޝިމްރީ ވަނީ 2000 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް އަޑުގެ ފުޓުބޯޅަ ކޮމެންޓްރީ ގެނެސްދީފައެވެ. އޭގެ ތެރެއިން ފުރަތަމަ ފަސް އަހަރު އޭނާ ކޮމެންޓްރީ ދީފައި ވަނީ ހިލޭސާބަހަށެވެ.

ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އިންޑިއާގެ ނިއުދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރޭޑިއޯ ކޮމެންޓްރީ ވެސް ދީފައި ވަނީ ޝިމްރީއެވެ.

ނިއުދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޓީވީއެމްގެ ކޮމެންޓޭޓަރުންނާއެކު ޝިމްރީ (ވ)

ދިވެހިރާއްޖޭގެ ތައުލީމުކުރިއަރުވާ މަރުކަޒުގައި ވަޒީފާ އަދާކުރިއިރު، ބްރޯޑްކާސްޓިން އާއި ޕްރޮގްރާމިންގެ ދާއިރާއިން ތަމްރީނުތައް ޖަޕާނުން ހަދައިފައިވާ ޝިމްރީ ވަނީ ސަން އެފް.އެމް ރޭޑިއޯގެ މެނޭޖަރުކަން ވެސް ތިން އަހަރު ކޮށްފައެވެ. ޝިމްރީ އަކީ މިހާރު "އަދިވެސް އޮންލައިން"ގެ ޑެޕިއުޓީ ސީއީއޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *