ރާގު: ޣަރީބުޖާނުކޭ…
ރޮވޭނެ ހާލެކޭ ރޮވޭނެ ހާލެކޭ ގިސްލާ ދެލޯފުރާ ވޭނީ
ބަހޭ ބަދަލު މިވަނީ ބެލެނިވެރިއެކޭ ނެތުނީ
ރޮވޭނެހާލެކޭ..
އަޅާލުމެއް އިސްލާހެއް ތެދޭ މިހާރުނެތޭ
ކަޅާހުދުން އޮއްވާ އާގޮތެއް އަލުންނެރެތޭ
ނޮޅާކެވޭ ފުރުސަތު އޮތްކަމުންނެ ކައިނަގަނީ
ނަފީކުރާނެ ނެތޭ ވަކިތަނެއް ނަމޫނާއެއް
އޮފީސްތަކާ ކުންފުނިތަކުތެރޭ ބަލާ މީހެއް
ކޮފީ ބޮމުން ސޮއިކޮށްލާނެއޭ ނުވެސްކިއަނީ
ޒަމާން ގެނައި އުނގަނައިދޭ ދެމީޑިއާ ރަސްމީ
އަމާން އަމިއްލަ ކިތައް މީޑިއާހެ އަރަތެއްމީ
ކަމާ ބެހޭނެ ފަރާތެއް ނެތޭ ބަހެއް މަރަނީ
އެބައޮތެ ގާނޫނެއް ދިވެހި ބަސް ދިފާއުކުރޭ!
އެބައި ބަލައި ބަލަހައްޓާ! އިމާރަތެއް މެހުރޭ
ނުބައި ރަނގަޅު ކުރުމެއްނެތް! ޖަވާބަކީ އެ ހެނީ
ދެނެއް މިހާރު ނެތޭ ދިވެހިބަސް ދިރޭނެ ގޮތެއް
ހެނެއް ހިއެއްނުވެ ދަހަރެއް ދެ ދަހަރުވާނެ ކަމެއް
އަނެއް ނަމޭ "އިނގިވެހި" ބާ އެރާއްޖެ އަންނާނީ
ރޮވޭނެ ހާލެކޭމީ