Support Us

ބުއްދިވެރިއެއްގެ ބުއްދިވެރި ބަސްކޮޅެއް: ފައިސާގެ ބާރު ނިމޭ ހިސާބު

މިއީ ފައިސާއާ ބެހޭ ގޮތުން ބުއްދިވެރިއެއްގެ ބުއްދިވެރި ބަސްކޮޅެކެވެ.
1. ފައިސާއިން އެނދެއް ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް ނިންޖެއް ގަނެއެއް ނުދެވޭނެއެވެ.
2. ފައިސާއިން ގަޑިއެއް ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް ވަގުތެއް ގަނެއެއް ނުދެވޭނެއެވެ.
3. ފައިސާއިން ބޭހެއް ގަނެވިދާނެއެވެ. ނަމަވެސް ބައްޔަށް އޮންނަ ޝިފާއެއް ފައިސާއަކަށް ގަނެއެއް ނުދެވޭނެއެވެ.
4. ފައިސާއިން ކާނާ ގަނެވިދާނެއެވެ. ނަމަވެސް ކާހިތް ޖެއްސުން ފައިސާއަކަށް ގަނެއެއް ނުދެވޭނެއެވެ.
5. ފައިސާއިން ތައުލީމީ ސެޓިފިކެޓު ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް ތައުލީމެއް ގަނެއެއް ނުދެވޭނެއެވެ.
6. ފައިސާއިން ހަޔާތުގެ ބައިވެރިޔަކު ހޯދިދާނެއެވެ. ނަމަވެސް، ފައިސާއަކަށް ލޯތްބެއް ގަނެއެއް ނުދެވޭނެއެވެ.
7. ފައިސާއިން ބޮޑު މަގާމެއް ގަނެވިދާނެއެވެ. ނަމަވެސް، ފައިސާއަކަށް އިހުތިރާމެއް ގަނެއެއް ނުދެވޭނެއެވެ!
8. ފައިސާއިން ވޯޓު ގަނެވިދާނެއެވެ. ނަމަވެސް، ފައިސާއަކަށް މީހުންގެ ހިތުގެ ތާއީދެއް ގަނެއެއް ނުދެވޭނެއެވެ.
9. ފައިސާއިން ވެރިކަމުގެ ގޮނޑި ގަނެވިދާނެއެވެ. ނަމަވެސް، ފައިސާއަކަށް ބުއްދިވެރިކަމެއް ނުގަނެވޭނެއެވެ.
10. ފައިސާއިން މުދަލާއި އަރާމު ގަނެ ހޯދިދާނެއެވެ. ނަމަވެސް، ފައިސާއަކަށް އުފާވެރިކަމެއް ގަނެއެއް ނުދެވޭނެއެވެ.
11. ފައިސާއިން ރީތި އަޚުލާގާ ބެހޭ ފޮތްތައް ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް ރީތި އަޚުލާގީ ސިފަތަކެއް ގަނެއެއް ނުދެވޭނެއެވެ.
12. ފައިސާއިން މީހުންގެ ޚިދުމަތް ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް އެމީހުންގެ ވަފާތެރިކަމެއް ގަނެއެއް ނުދެވޭނެއެވެ.
13. ފައިސާއިން ތައުރީފުކުރުމާއި ޚުޝާމަދުކުރުން ގަނެވިދާނެއެވެ. ނަމަވެސް، ފައިސާއަކަށް ހަގީގީ އިހުތިރާމުކުރުމެއް ގަނެއެއް ނުދެވޭނެއެވެ.
14. ފައިސާއިން ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި، ގަނެވިދާނެއެވެ. ނަމަވެސް، ފައިސާއަކަށް، އަމިއްލަ ނަފްސަށް އިތުބާރުކުރުމެއް ގަނެއެއް ނުދެވޭނެއެވެ.
15. ފައިސާއިން ތިމާގެ ބޭރު ފުށުގެ ސޫރަ ރީތި ކުރާނޭ އަންނައުނާއި ގަހަނާ ގަނެވިދާނެއެވެ. ނަމަވެސް ފައިސާއަކަށް، ތިމާގެ އެތެރެ ފުށް ރީތީކުރުން ގަނެއެއް ނުދެވޭނެއެވެ.