Support Us

ނިކަމެތިވަނީ ރައްޔިތުން

ވެރިޔެއްގެ އަބުރާ ޢިއްޒަތާ "ގެރިޔެއްގެ ޙާލަތަކަށް ދިޔުން"
ވެރިޔެއްގެ އަމުރަށް ބޯލެނބުން ބޭނުން ނުވޭ އަދު ރައްޔިތުން

ގައުމެއްގެ ނިސްބަތުގައި ހިނގާހައި، ކޮރަޕްޝަން، އަދި ވައްކަމާ،
ގައުމުގެ ވެރީން ބައިވެރިވުމުން، ލަދުވެތިވެޔޭ އަދު ރައްޔިތުން

ޢަދުލާއި އިންސާފުގެ ވަލިއްޔުލް ޙާކިމާ "ހަޑި ހޭވުމުން"
ބަދުނާމުވާ ހިނދު ދުނިޔެއަށް ދަތި ޙާލުޖެހެނީ ރައްޔިތުން

ކަނޑު ފަޅުތަކާ ގިރި ފަރުތަކާ ގައުމާއި ވަޠަނުގެ ހަރު މުދާ،
ރަހުނަށް ހެދީމާ ދެން ފަހުން، ހައިހޫނު ޖެހެނީ ރައްޔިތުން

މަކަރާއި ދޮގު ޙީލަތް ހަދައި ޢަމަލާ ބަހާ ސީދާ ނުވާ،
އަބަދާ އަބަދު އޮޅުވާލުމުން ބަދުނާމު މިވަނީ ރައްޔިތުން

މާދަން މިޖީލުގެ ކުރިމަގަށް ކާލާނެ ފަދައެއްވެސް ނެތުން،
ޙާލާ މެދަށް ރޮއެ ދެރަވަނީ ބިކަ ހާލުގައި ތިބި ރައްޔިތުން

"އަތުޖެހުނުހައި އެއްޗެއް ހިފައިގެންގޮސް ފިލައި ރައްކާވުމުން"
ގައުމުގެ މި ހިރަފުސް ބިންމަތީ މަރުވަން ތިބޭނީ ރައްޔިތުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ތެދުފުޅެއް. ނަމަވެސް "ޖީބަށްޓަކައި ޑޮލަރަށްޓަކައި" އުޅޭ ބޮޑުން މިއަދު އެތިބީ އަތްޖަހަން. ފޮއްޓަށް އެއްޗެހި އަޅައިގެން ރައްކާވާން ތައްޔާރަށް

Leave a Reply to މަރީ ރައްދު ކެންސަލް

Your email address will not be published. Required fields are marked *