Support Us

ވެރިކަމުގެ ޝަރުޠު

ވެރިކަމަށް އައުމަށް ޓަކައި އޮތް ޝަރުޠަކީ ދޮގުތައް ހެދުން
މެރި ދެލޯ ދާފަދަ ދޮގެއް ހެދުމަށް ތިމާ ޤާބިލުވެލުން

މޭގަ ފެންނާން ހުއްޓަކަސް ބުނެ އެއް ކަމެއް ހަމަ ނެތް ކަމަށް
ރޭގަނޑަށް މީ މެންދުރޭ އަދި ފާޅުގައި ބުނެލާން ކެރުން

ގައުމުގައި އެ އުޅޭ ޣަދަރުވެރި ޚާއިނުންނަށް ވާގި ދީ
ދައުރަކަށް އައު ފަހިކުރާން ޕާޓީތަކެއް އަވަހަށް ހެދުން

ޚާއިނުން ޣައްދާރުނާ ބާޣީންގެ ކެހިވެރި މަޅިތަކަށް
ދާއިމަށް ފަހިވާ ގޮތަށް އޮޅުވައިލުމެއް އޮޅުވައިލެވުން

ރައްޔިތުންގެ ޝުޢޫރަކަށް އިޙުސާސަކަށް ބެލުމާނުލައި
"މައްޔިތުންފަދަ" ނިކަމެތީންނަށް ވާނެހާ ގެއްލުންދިނުން

ހެއު އެދޭ ކަމުގައިވަނީ އެދުމަށް އަމިއްލަ އިޖާބަ ދީ
އެއުރެމެން މުޅި ގައުމު ވީދައި ލޫޓުވައި ހެދުމަށް ރުހުން

ހިތު އަޅައިގެން އައި އެދުން ފަރުދުން މިތާ ދެނެތިއްބަކަސް
ފިތުނަވެރިކަން ޙަސަދައާ މުޅި ދޭހުގައި ހުޅު ރޯކުރުން

ގަލަމުގައި ބާރެއް ނެތަސް މާޒީގެ ގަލަމުން ވީވަރެއް
ތަލަ ހިކޭހާ ހިނދު މިހެން ކުރިޔަސް އެއަށް ވިސްނައިނުލުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ފިސްތޯލަ ޕާޓީއަކާ އަނެއް ޕާޓީއަކާ މި ހަދަނީ ހަމަ، ޣައްދާރުންނަށް މަގު ފަހިކުރާން. ރައްޔިތުންނަށް މިހާރު އޮޅިފައެއް ނެތް. މުޅި ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސައިގެން އިންޑިއާގެ އަޅުވެތިކަމަށް ގެންގޮސް ނިންމައިލި އިރު، އެ ޣައްދާރުންނަށް ސަނާ ކިޔަމުން، ގައުމު ދެކެ ލޯބިވާ މީހަކާ ދިމާއަށް ވެއްޖިއްޔާ އެއްޗެހި ގޮވަމުން ދާއިރު، މި ވެރިން ގައުމާމެދު އަގަލެއް ކުލުނެއް ނެތް ތާނގައި އަމިއްލަ ނަފުޒަށް ލަދުވެތި ކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. ދުވަހަކު ވެސް ތެދެއް ނަގަދައެވެ.

Leave a Reply to މަރީ ރައްދު ކެންސަލް

Your email address will not be published. Required fields are marked *