ވެރިކަމަށް އައުމަށް ޓަކައި އޮތް ޝަރުޠަކީ ދޮގުތައް ހެދުން
މެރި ދެލޯ ދާފަދަ ދޮގެއް ހެދުމަށް ތިމާ ޤާބިލުވެލުން
މޭގަ ފެންނާން ހުއްޓަކަސް ބުނެ އެއް ކަމެއް ހަމަ ނެތް ކަމަށް
ރޭގަނޑަށް މީ މެންދުރޭ އަދި ފާޅުގައި ބުނެލާން ކެރުން
ގައުމުގައި އެ އުޅޭ ޣަދަރުވެރި ޚާއިނުންނަށް ވާގި ދީ
ދައުރަކަށް އައު ފަހިކުރާން ޕާޓީތަކެއް އަވަހަށް ހެދުން
ޚާއިނުން ޣައްދާރުނާ ބާޣީންގެ ކެހިވެރި މަޅިތަކަށް
ދާއިމަށް ފަހިވާ ގޮތަށް އޮޅުވައިލުމެއް އޮޅުވައިލެވުން
ރައްޔިތުންގެ ޝުޢޫރަކަށް އިޙުސާސަކަށް ބެލުމާނުލައި
"މައްޔިތުންފަދަ" ނިކަމެތީންނަށް ވާނެހާ ގެއްލުންދިނުން
ހެއު އެދޭ ކަމުގައިވަނީ އެދުމަށް އަމިއްލަ އިޖާބަ ދީ
އެއުރެމެން މުޅި ގައުމު ވީދައި ލޫޓުވައި ހެދުމަށް ރުހުން
ހިތު އަޅައިގެން އައި އެދުން ފަރުދުން މިތާ ދެނެތިއްބަކަސް
ފިތުނަވެރިކަން ޙަސަދައާ މުޅި ދޭހުގައި ހުޅު ރޯކުރުން
ގަލަމުގައި ބާރެއް ނެތަސް މާޒީގެ ގަލަމުން ވީވަރެއް
ތަލަ ހިކޭހާ ހިނދު މިހެން ކުރިޔަސް އެއަށް ވިސްނައިނުލުން
2 Responses
ވވވވ ބޮޑު ތެދުފުޅެއް..
ފިސްތޯލަ ޕާޓީއަކާ އަނެއް ޕާޓީއަކާ މި ހަދަނީ ހަމަ، ޣައްދާރުންނަށް މަގު ފަހިކުރާން. ރައްޔިތުންނަށް މިހާރު އޮޅިފައެއް ނެތް. މުޅި ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސައިގެން އިންޑިއާގެ އަޅުވެތިކަމަށް ގެންގޮސް ނިންމައިލި އިރު، އެ ޣައްދާރުންނަށް ސަނާ ކިޔަމުން، ގައުމު ދެކެ ލޯބިވާ މީހަކާ ދިމާއަށް ވެއްޖިއްޔާ އެއްޗެހި ގޮވަމުން ދާއިރު، މި ވެރިން ގައުމާމެދު އަގަލެއް ކުލުނެއް ނެތް ތާނގައި އަމިއްލަ ނަފުޒަށް ލަދުވެތި ކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. ދުވަހަކު ވެސް ތެދެއް ނަގަދައެވެ.