ކެތް ކުރަން ދަސްވެއްޖެޔޭ މިތުރާގެ ތިޔަ އަނިޔާތަކަށް
ހިތް މަގޭ ހޭނިއްޖެޔޭ ކެހިވެެެެެރި ދުލުގެ ލަހުޖާތަކަށް
ރޭތަކެއް ތިޔަ ޚިޔާލުގައި، ލޯބީގެ ބީހުން އެދި ގުނަން
މޭތެރޭ އޮތަކަސް މި ހިތް، މަރުވެއްޖެއޭ އިހްސާސްތަކަށް
އިންތިހާ ލޯތްބާ އުފާ، ލިބުމަށް އެދުހު އެދެވެނު އެދުން
އިންދިރާސްވެވި ހިތުތެރޭގައި، ވީ ހިމޭން މަޑު ތާލަކަށް
ބިންމަތީގައި ދިރި ހުރީ ތިޔަ ލޯބި ހޯދަން ކަމުވިޔަސް
ވިންދު ހުއްޓަސް ވިންދު ދެން ނުޖަހާނެޔޭ ތިޔަ ލޯތްބަކަށް
ހިތްއެދޭ ތިޔަނޫން ފަރާތެއް، ހަމަ ނެތަސް ފެންނަން މިތާ
ހިތް ކަލާއަށް ނޭދެޔޭ އެދުނަސް އެ ހިތް އާ ބަދަލަކަށް
އިޝްޤުގައި ހިތް ބަނދެ ހިތަށް އޯގާނުވީމާ ތިޔަ އަތުން
ޖިސްމުގައި ވެސް ބީހިލާކަށް ނޭދެމޭ ފަހު ވަގުތަކަށް
އެކުއެކީގައި ދިރިއުޅެން ހިތުގައި ކުރެހި ތަސްވީރުތައް
ހެކިވަނީ ކުލަ ނުޖެހުމުން ދުރުވުން އެއީ އޮތް ހައްލަކަށް
