ށެއްކު ނުކުރަން- ކީއްވެ ހިތް ތަކުލީފުގައި މި ބަރާވަނީ
ކެތް ނުވާނޭ- ކީއްވެ ހިތްދަތިވީ ހިތަށް މި ތުރާ ވަނީ
ބޭނުމެއް ނެތް ދުނިޔެއާ! ސިއްރެއް މި ކަމު އޮތް ނޭނގެޔޭ
ވޭނުގައި ކެކުޅޭ ހިތާ! ނުފިލާ އަސަރުތައް އާވަނީ
ޝައުގުވެރިކަން އޮތް ހިތާ! ނެތް ކަން ތިބާއަށް ފުރުސަތެއް
ކައުނު ވެސް އެބަ ހެކި ދެޔޭ މާޔޫސްކަމޭ އިހުސާސްވަނީ
ދައުރު ފުސްވީ ހިރަފުހާ އެކުވެއްޖެ ނިޔަތާ ޙުރުމަތާ
ބައުވެ ހޭދަވި ވަގުތުތައް އެ ކަމުގެ ޝިކާޔަތު ބޮޑުވަނީ
އަސްރުތައް ނަލަނަލަ ހަވީރާ ރީތި ހެނދުނާ ދަންވަރާ
ބަސްތަކާ ރަމްޒާ ނިޝާންތައް ހުޓުމަށް ހެ މަނާވަނީ
ހިއްސުތައް އެޅި ކަރުނަޔާ ކެކުޅުންތަކާއި އުފާތަކާ
ރިއްސުމުގެ ނޭވާލަމުން ކަރުނުގެ ތެރޭ މި ޣަރަޤުވަނީ
ގަނޑުވެ މަންމަން ވެއްޖެޔޭ އިހުސާސްތަކާއި ޝުޢޫރުތައް
ފަނޑުވެގެން އުންމީދުތައް ދިޔައީ ހިތޭ މި ފަނާވަނީ
ދުރު ހުރުން މަޖުބޫރުވެއްޖޭ ދުރުކުރީމާ މާކުރީ
ބަރު ހިތެއް އެހެނަސް ނެތޭ- އުމުރަށް ހަނދާނޭ އާވަނީ