ލީޑަރުން ބީރުވެ މަންމަންވެފަ ބާއޭ ތިބެނީ
ނީލަމަށް ގެދޮރު ލަމުން ދާއިރު ހީނހީނ ތިބެނީ
ކުޅަ ހުވައި ތަންދޮށުލައި އޭގެ ރުކުންތައް މުގުރައި
ފުޅަ އަޅައި ފީވުމަކަށް ދޫކޮށްގެން ހޭ ތިބެނީ
ތިން ހަތަރު ގަރުނު ކުރިން ނިންމި ޢަޒީޒީ ކިއްލާ
ބިންގަލާ އެކު ރޫޅަން ހިއްވަރު ދޭންހޭ ތިބެނީ
މަސްކޮޅާ ކާށިކޮޅާ ބިސް އެ އަޅާ ރަންކުކުޅާ
ގަސްދުގާ ފޭރޭ އިރު މަސްތު ވެފައި ހޭ ތިބެނީ
ބޯމަތިން ހޯދި ނަފާ ރޯދިވި މީހުން ކައިކައި
ހޯއްގޮވާ ހޭއިރު ވެސް ފޯރިމަރަންހޭ ތިބެނީ
ހީލަތީ ކަސްތަޅުތައް ރީތިނަމުން ދާ އަޅަމުން
ދީލަތީ އަތްބާރޭ ހީވެ ނަށަން ހޭ ތިބެނީ
ހަކުރުކަރު އެޅި ބޮނޑިބަތް ތަކުރުތަށިން ކާންދޭތީ
ފަކުރު ނެތި ދިޔަވަތުގައި ދަތުރު ކުރަންހޭ ތިބެނީ
އިރުއަރައި މެދުއުޑުގައި ހޫނުކުރަން ހުރި ދެކެފައި
އިރު ދެނެއް ނޯއްސޭނޭ ކަށަވަރު ކޮށް ހޭ ތިބެނީ