Support Us

އަނިޔާވެރިންނަށް ނޭނގެނީބާ؟

ނޭނގެނީބާ! މީހުނަށް އަނިޔާކުރާ އަނިޔާ ވެރިންނަށް،
ރޭވުމާ މަކަރާއި ވެސް ﷲ ދެނެވޮޑިގަންނަވާ ކަން

އަނދިރިއާއި އަލީގަވެސް، ފަރުދާގެ ބޭރާ އެތެރެވެސް،
އަލިކަމުގެ ނޫރުން އިލާހީ ބައްލަވާ ވޮޑިގަންނަވާ ކަން

ރޭވުމާ މަކަރާއި ޙީލަތް މާ މޮޅަށް އަދި ރޭވިޔަސް،
އޭގެ ނިންމުން ނިންމުމަށް އޮތް ބާރަކީ ތަޤްދީރު ކަން

ރަޙުމުކުޑަ އަނިޔާތަކާ ކެހިވެރިނުބައި ރޭވުންތަކުން،
ފައުޅުގައި ގޮސް "ބަރަހަނާ" ވާނީ ތިމާ އަބުރާ ޤަދަރުކަން

ހަމައެކަނި މާއްދިއްޔަތަށް ދަހިވެތިވެވޭ އިންސާނުނަށް
ފަހުގެ ނިމުމާ އަދިވެދާނެ ގޮތެއް ނުވެސް ވިސްނޭނެކަން

ކަން ކަމުގެ ދަހިވެތި ކަމުން ﷲ ގަންދީ ކޮށް ހުވާ،
ދެން އެ ކުޅަ ހުވަޔާ ޚިލާފުވުމަށް ތިމާ ބިރުވެތި ނުވާކަން

އަންނަ ހިނދު ބިރުވެރި ނުރައްކާތައް ދިމާޔަށް ކުރިމަތިން
ތަން ތަނަށް ވަދެ ދެން ސަލާމަތް ވާކަށެއް ނޯންނާނެ ކަން

މީހަކަށް ނިކަމެތިކަމެއް، ކުށަކާ ނުލައި ދިން މީހަކަށް،
ރީތިކޮށް އޮށޮ އޮވެ، އެހެން އޮވެގެން ނިދައި ނުލެވޭނެ ކަން

ޢިބްރަތެއް ޙާޞިލުނުވާ ނުލަފާ ވެރީން ތިބި ޤައުމުތައް،
"ޢިބުރަތުގެ އިންޒާރު އައިސް ވީގޮތް" ނިޝާން ފެންނާނެ ކަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *