އިޝްގު ހޯދާކަށް މި ދުނިޔޭގައި އުޅޭނެކަމެއް ނެތޭ
ފިސްވެގެން ކުދިކުދިވެ ހައިޖާނުގެ ތެރޭ ދާނީ ހިތޭ
ހިޔަލައާ އަލިފުޅުގެ ލޯބިން، ދޭ މިސާލަށް އަދުބަލައި
ދިޔަމަގުން ގޮސް މަރުވުމުން، ވާނީ ޚިލާފު ގޮތާ ފޮތޭ
ބަނދެވި ލޯބިން ހިތް ހިތާ އުޅެފައި ފަނާވިޔަކަސް މިތާ
އަދަކު ޝީރީނާއި ފަރުހާދުގެ ލިސާނެއް ވެސް ނެތޭ
ތިޔަ ބުނާ މަޖުނޫނަކާ ލައިލާއަކާ ވީ ކޮންތަނަކު؟
ލިޔެވިފައިވާ ފޮތަކު ޞަފްޙާއަކު މެނޫނީޔާ ނެތޭ
ކުރި ބިނާ ލޯބީގެ ގަނޑުވަރު ޝާހު ކުޅަގަދަ ހިތްވަރުން
ފަރިބަލާކަށް ތާޖުމަހަލުގެ އާދެ! މުމްތާޒެއް ނެތޭ
ލޯބި ފޮނި ލައްޒަތު އެދޭތީ، ރޯމިއޯއާ ޖޫލިއަޓް
ލޯބި ޤުރުބާންކޮށްލި ނަމަވެސް ލޯބި ވެސް ލިބިފައި ނެތޭ
މޮޔަ ޚިޔާލެއް ލޯތްބަކީ މަކަރާއި ހީލަތް އެކުލެވޭ
ޅިޔަތަކެއް ހުރަހާ ދިގަށް ހިތުގައި އެޅުން ނޫނީ ނެތޭ
