ރާގު: ގައުމަށް މިއަދު އަލިކޮށްލި ރީތި ނިޝާނާ
މާތައް މި ފޮޅެނީ ފަރިވެލައި އަދު އުފަލުގައި
މާމައިންގެ އަދި ކާފައިންގެ ދުވަހުގެ ޝަރަފުގައި
މާޗާލު ގަތަމުން ތަހުނިޔާ ފަރިހާރުގައި
މާރީތި ކޮށް ކުރުނީސް މި ކުރަނީ ވެދުމުގައި
މުންނާ މުތެއްޔާ މާމަ ބޮޑެމަންމާ އަކީ
އުންމީދެ އުފަލޭ މާފަ ބޮޑެބައްޕާއަކީ
ފުންލޯބި ދިރިގެން އުތުރިގެން އުފަލާއެކީ
ފުންހިތުގެ ވިންދޭ މީ ޖަހާ އުންމީދުގައި
މުޅި އުމްރު ހުސްކޮށްލީ ވަފާތެރި ޚިދުމަތަށް
ގުޅިގެން ސަފުން އެކުވެރިވެގެން މުޅި އުންމަތަށް
ގުޅިގެން މިއަދު ހުރިހައި ދަރިން ތިޔަ ހުރުމަތަށް
ފޮޅުވައިދެނީ ޝުކުރުގެ މަލޭ ގުލްޒާރުގައި
ކުރުނީސް މި ވެވެނީ ލޯބި ތިޔަ ލޯތްބަށް ޓަކައި
ކުރަމޭ ޝުކުރު އަބަދަށް ލިބޭ މަދަދަށް ޓަކައި
ފުރަމުން ހިތުގެ ކުލުނައިން ލިބޭ އުފަލަށް ޓަކައި
ކުރަމޭ ދުއާތައް ހެޔޮ ހިތުން ތިބެ ގާތުގައި