ގެއްލިގެންދާ އިރު އަމިއްލަ ވަޠަން ދިމާ ލޯ ކުރިމަތީ
ހެއްލަހެއްލައިލާ އުނދޯލީގައި ދުފާން ހޭ ތިޔަ އޮތީ
ރޯ ފަނަށް ކުދި ބޮލި އަރާހެން ރޯ ފުރެއްދީންތައް އަރައި
ރޯ ދުވާލު މި ބިން ހިފާ އިރު ރޯ ހިތެއް ނޫންހޭ ނެތީ
ވިންދުތައް ކެނޑިފައި ދިވެހި އުންމަތުގެ ނަމުގައި ފެންނަނީ
ދިން ބަޔަކު ޗާބީ މޮޅަށް ދިން ބުދުތަކެއްހޭ ފަސްމަތީ
ވަޠަނަކީ ވަޠަނުގެ ދަރީންނަށް ސިތުރަ ލޮބުވެތި މަންމައޭ
ހަތުރުނަށް ދޫކޮށްލެވޭހޭ ޤަތުލުކޮށްލަން އުނގުމަތީ
ޣީރަތާ ލޯބީގެ އަލިފާން ރޯކުރާށޭ އޭ އަޚާ!
ބީރަކަށް ވެސް މި އަޑު ނީވި ނުވާނެޔޭ މީ އޮތް ގޮތީ
އަހަރެމެން މީ ކޮންބައެއް؟ މިނިވަން އުޑުގެ ތަރިތައް މިއީ
އަހަރެމެން ވާނޭ ވިދާން އަބަދަށް ޒަމާނުގެ ނިތްމަތީ
އޭ ވަޠަން ތިޔައީ މަގޭ މި ހިތާ މެޔާ އަދި ލޮލުގެ ނޫރު!
ރޭ ދުވާލު މި ލޯބި އުތުރިއެރުން އެއީ ފޮނި ރާޙަތީ
ނަމަވިޔަސް މި އޮހޭ ނުރައްކާތަކުތެރޭ ހަތިޔާރަކަށް
ހަމައެކަނި މި ގަލަން ނަޞީރު އަތަށް އެރީ..! މީ ޙާލަތީ