Support Us

ފަރަންސޭސިވިލާތުގެ ގިނަ ބަޔަކު ކަލަކު ވޮޑިގެންވާކަން ޤަބޫލެއް ނުކުރޭ؟

ފަރަންސޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ލެ މޮންޑް ބުނާގޮތުގައި ޢާއްމު ޚިޔާލާ ބެހޭ ފަރަންސޭސި މުއައްސަސާއިން ނެގި ތަފާސްހިސާބެއް ދައްކާގޮތުގައި އެ ޤައުމުގެ 51 އިންސައްތަ މީހުން ކަލަކު ވޮޑިގެންވާކަން ޤަބޫލެއް ނުކުރެއެވެ. އަދި 2011ވަނަ އަހަރަށް ބަލާއިރު ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރާ މީހުންގެ ޢަދަދަކީ 44 އިންސައްތައެވެ. އޭގެ ކުރިން، 1947ގައި ނެގި ހިސާބުތައް ބުނާގޮތުގައި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންގެ އިންސައްތައަކީ 34 އެވެ. މިއިން އެނގެނީ ފަރަންސޭސިވިލާތުގައި ދީން ޤަބޫލު ނުކުރާ މީހުންގެ ޢަދަދު މަޑުމަޑުން މަދުވަމުންދާ ކަމެވެ.

ހުސްވި އޮގަސްޓް މަހުގެ 24 އާއި 25ގައި ނެގި ތަފާސްހިސާބުގައި 1018 މީހަކާ ސުވާލު ކުރެވިފައި ވެއެވެ. އެ މުއައްސަސާއިން މި މަސައްކަތްކޮށްފައި ވަނީ ދީނީ މަޢުލޫމާތާ ބެހޭ ނޫސްވެރީންގެ ޖަމްޢިއްޔާ (FIFG) އިން އެދިގެންނެވެ.

އެ މުއައްސަސާއިން ނެގި މި ތަފާސްހިސާބުތައް ބުނާގޮތުގައި ކަލާނގެއަށް އީމާންވާ ގިނަ މީހުންނަކީ ޢުމުރުން 65 އަހަރުގެ މަތީ ޢުމުރުފުރާގެ މީހުންނެވެ. މި ތަފާސްހިސާބު ބުނާގޮތުގައި 65 އަހަރުން މަތީގެ ޢުމުރުފުރައިގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރާ މީހުންގެ ނިސްބަތަކީ 58 އިންސައްތައެވެ.

މި ތަފާސްހިސާބުތައް ބުނާގޮތުގައި ކުރީ ޒަމާނާ ޚިލާފަށް ދީނަށް އަހައްމިއްޔަތު ދިނުން އަންނަނީ ބޮޑެތި ސަހަރުތަކުގައި އިތުރުވަމުންނެވެ. ޕެރިހުގައި އުޅޭ "މުއުމިނުން"ގެ ޢަދަދު 60 އިންސައްތައަށް ދާއިރު ރަށްފުށުގެ ސަރަޙައްދުތަކުގައި އުޅޭ "މުއުމިނުން"ގެ ޢަދަދަކީ 46 އިންސައްތައެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުގައި ގިނަ ބަޔަކު ދީނީ ވާހަކަތައް ގިނައިން ދައްކަނީ ޢައިލާގެތެރޭގައެވެ. އެއީ 38 އިންސައްތަ އެވެ. ރަޙްމަތްތެރީންނާއެކު ދީނީ މައުޟޫޢުތަކަށް އިންސާފުކޮށް ވާހަކަ ދައްކަނީ އެންމެ 29 އިންސައްތަ މީހުންނެވެ.

ލެމޮންޑްގެ މި ރިޕޯޓު ބުނާގޮތުގައި ދުނިޔެއަށް ބަލާއިރު ޢާއިލާގެތެރޭގައި ދީނީ ވާހަކަ ދައްކާމީހުން އެންމެ ގިނައީ ކެތަލިކުންގެ ތެރޭގައެވެ. އެއީ 83 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައީ މުސްލިމުންނެވެ. އެއީ 72 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނައީ ޕްރޮޓެސްޓެންޓުންނެވެ. އެއީ 67 އިންސައްތައެވެ.

މަޞްދަރު: ލެ މޮންޑް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިވެސް ޚަބަރެއް ދޯ ދުނިޔޭގަ ހެދިފައިވާ ހަމައެކަނި މުއުމިނުންގެ ޕަސަންޓޭޖް އެނގޭ ހަމައެކަނި ދިރާސާމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *