Support Us

ފަލަސްތީން ޒުވާނެއްގެ ސާބިތު އަޤީދާ

ތިޔަ ކުރާ އަނިޔާތަކަށް ޖެހިލުން ދެނެއް ނުމެ ވާނަމޭ
ތިޔަ އަޅާ ބޮންތަކުގެ އަޑަކަށް ދެން މަށެއް ނުސިހޭނަމޭ

ގޭގެ ދޮރުވައްޓާ ލަމުން ވަދެގެން އައިސް ހަމަ ނެރެލިޔަސް
މޭގެ ވިންދެއް ނަމަ ޖަހާ އަހުރެން ދުލެއް ނުކުރާނަމޭ

​ހިތުގެ އީމާކަން ފުނޑާލަން މަސްޖިދަށް ހަމަލާ ދިނަސް
ހިތުގެ ހާލިސްކަން މަތީ ދެމި މިގޮތުގައި ހުންނާނަމޭ

ނަފުސުތައް ބަލި ކޮށްލުމަށް އުންމީދުތައް ފޮރުވައިލިޔަސް
ޣަފުލަތާ ޝިރުކުގެ މަގުން އަހުރެން ޔަޤީން ނުހިނގާނަމޭ

ނިޔަތުގައި ބިން ފޭރިގަންނަން ގޮށްމުށުން ބިރު ދެއްކިޔަސް
ތިޔަ ކުރާ އަނިޔާގެ ދިލަޔަށް ކުޑަ ކަކޫ ނުޖަހާނަމޭ

މަދަރުސާތައް ތިރި ބިމާ ހަމަ ކޮށްލިޔަސް ރޫޅާ އަޅާ
ޤަދަރުވެރިކަން ގެއްލިދާހެން އާދެހެއް ނުކުރާނަމޭ

ފަޚުރުވެރިވީ މާތް މުޤައްދަސް ފައިތަކުން ޚުދު އަހަރެމެން
ފަޚުރުވެރި ވާނޭ ގޮތައް ގަދަ މިބިމުގައި ކޮށްލާނަމޭ

އުޑުތަކާ ބިން ވަކިވެދާ ފަދައިން ނަމޫނާ އަހަރެމެން
ފިނޑިކަމާ ހިތްވަރުގެ ފަރަޤެއް ދުނިޔެއަށް ދައްކާނަމޭ

މީ ޒުވާން ހިތް ތަކުގެ ވިންދޭ އަޑުއަހާށޭ ޢުންމަތުން
ދީނުގައި ސާބިތުވެ ހުރެގެން ކުރި މިތާ ހޯދާނަމޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
123
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *