ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި މާދަމާ ގުޅުން ދޭނީ 5 އަދި 6 ވަނަ ޓަވަރަށް ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ތާވަލްކޮށްފައި ވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށާއި މިގޮތުން މިހާރު ވަނީ 7، 8، 11 އަދި 12 ވަނަ ޓަވަރަށް ގުޅުން ދީފައި ކަމަށެވެ.
ސްޓެލްކޯ އިން އިއްޔެ މަސައްކަތްކުރީ 3 އަދި 4 ޓަވަރަށް ކަރަންޓު ދޭށެވެ. ނަމަވެސް އެ ދެ ޓަވަރުގެ ލިފްޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ މަސައްކަތްކުރެވޭ ގޮތް ނުވެފައެވެ. އެ ދެ ޓަވަރުގެ މަސައްކަތް އަލުން ކުރެވޭނެ ދުވަހެއް އަދި ނޭނގެއެވެ.
ސްޓެލްކޯ އިން ބުނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ކުރިޔަށްދާނެ ކަމަށެވެ.