Support Us

އިބުރަތްތަކުގެ ފަރުދާތައް

އަރުތެރޭ ފިތި ތާށިވީ އިހުސާސްތަކުގެ ބޮނޑިވަރުތަކޭ
ވަރުވަރުގެ ނަޒުމުން ދިރޭ ޖަޒުބާތަކުގެ ބަންޑެލިތަކޭ

ދައުރުވާ ލޭ ނާރުތަކުގައި ދައުރުވުން ހުއްޓިއްޖެޔޭ
ޝައުގުގައި އުތުރެން ފެށީ ނަޣުމާތަކުގެ ރާހަތުތަކޭ

ލޯ ހިތުގެ ހުޅުވުނު ވަގުތު އަސްތާ ކަމަކު ދާކަށް ނެތޭ
ލޯމަތީ ސިފަވާން ފެށީ ބުހުތާންތަކުގެ މަންޒަރުތަކޭ

ރިއްސުމާ ކެކުޅުމުގެ ވޭނާ އެކުވެ ރިހުމާ ތަދުތަކާ
ހިއްސުތަކު އެ ނަށަން ފެށީ ސަދުމާތަކުގެ އިހުސާސްތަކޭ

ވިރުނުހެން ހީވެއްޖެޔޭ މޭގަނޑު ހިތާއެކުގައި ފިތާ
ބިރުތަކުން އެ ސިހުން ދެނީ އިންޒާރުތަކުގެ ގުޑުންތަކޭ

ފާޅުކޮށް ނޭނގޭ އެތައް ސިއްރެއްގެ ވާހަކަ ބުނެދެމުން
ގާތުގައި އެ ފެވެން ފެށީ އޮފުދަޅަތަކުގެ ނަލަ ކުލަތަކޭ

ވާނުވާ ނޭނގޭ އަނދިރިި ކިއްލާތަކާއި ބިނާތަކުން
މާނަވާން އެފެށީ ލިޔުނު ވާހަކަތަކުގެ ސަފުހާތަކޭ

ހަސްނެތިވެ ހިތު ކުރި ބިނާ ފުނޑުފުނޑުވި ހިނދު ދައްކަންފެށީ
އަސްލަކަށް ނުމެވާ އަވާމެންދުރުތަކުގެ ކުލަވަރުތަކޭ

ކަންވެ ނަން ނުތްވަސް ކަމުން ކަންކަމުގެ ނަންތައް ދިރި ނަމުން
ކަންމެ ނުވެ ނަން ވާން ފެށީ މޫސުންތަކުގެ ކޮޅިގަނޑުތަކޭ

ފުންސަ ބަލަ އިއްޒަތްމަތީ މަތިވެރި މަގާމާ ޝާނުގައި
ހުންނަ އިރު އޮހެމުން ދަނީ މޮޅު މުތްތަކުގެ ދަސްތާތަކޭ

ދުނިޔެ ދައްކާ މީ އުސޫލޭ އުނިކަމުން ވި ބަރާވެފައި
ބުނި ބަހެެއް އަޝްރަފް މިއީ އިބްރަތްތަކުގެ ފަރުދާތަކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *