ހިތުތެރޭ ތިޔަ ސޫރަކުރެހީ ހަނދުމަ އާއި ޚިޔާލުތައް
ހިތުގެ ތާލާ ހަމަތަކަށް އެ ހިނދުން ތަބާވީ ވިންދުތައް
ފުން ކަނޑެއްފަދަ ޖާޒުބީ ފަރި ލޯ އެހިނދުގައި ސިފަވުމުން
ހުންނަ ގަބުކަން ގޮސްފިލައި، ދިރުވައިފިޔޭ އިހުސާސުތައް
ހަމަތަކުން ނޭވާގެ އެކުވާ، ރޯޅިތައް އެއްބައިވެގެން
ހަމަތަކާ ވަޒަނަށް ފެތޭ ދީފިޔެ ކިޔައި ފޮނި ރާގުތައް
ވެދިޔަ އިހްސާސުން ހިތަށް ކުޅަ އަސަރުގައި ޖަޒުބާތުގައި
ނިދިޖެހުނު ހަށިގަނޑުތެރޭ ހޭލައިފި ހުރިހާ ހިއްޞުތައް
ފެތުރިގެން ޖިސްމުގެ ތެރޭގައި ދިޔަ ހިނދުން "އޭނާގެ ވަސް"
ހިތުތެރޭން ފިލުވައިފި ލަކުނާ ލެއްވި ހުރިހާ ޒަޚަމުތައް
ފުރަގަހުން މާޒީގެ ސިފަވީ ސޫރަ ހިތުގައި ކުރެވުމުން
ފުރި ހިތާމޭ ދާކަހަލަ ކުރުވައިފި އެކިއެކި އަސަރުތައް