ފިތުނަތަކުން ގިނަ އުތުރިއަރާ އިތުރު ވަނީއޭ ހިތުގެ ތެޅުން
މިތުރުކަމާ ހަޑި ހުތުރުކަމާ އަތަރުލަނީއޭ އެކޮޅުކޮޅުން
ހިކިމަސްކޮޅަކާ ރޮށިކޮޅެކޭ ކާލާނީ ގިނަ ހެޔޮ އަހުލުން
ވިކިގެން ތިބެ ގޮސް ފައިސާ އަށް ހަލުވާ ކާނީ މޮޔަ ގޮފަޅުން
ރޮއި ހޭރި އެތައް ކޮށް އާދޭހެއް އެތެރެވެލީމާ އޮޑި ހަފޮޅުން
ފޮއިމަތި ނުދަތަސް އޮއިވަރަކާ ހެދިގެން އުޅެޔޭ މުޅިކެޔޮޅުން
އަގަލާ ސަރަފާ ފޮރުވައިގެން މަގުމައްޗަށް ތިބެ ބޯ ނެރެގެން
ނަގުލާ ދަޅަކާ ކެހެރި ނެތަސް އުޅެފާނޭ ހަމަ ނޭނގި ބަޅުން
ބަސްތައް އޮފުކޮށް ރަންމަތިލައި ވަސްވާހުން ތައް ހިތް ހައްލައި
ރަސްކަން މޮޅު އަދު ކޮށް އުޅެއޭ ފަސްމާމުގުލީ މޮޅު ހިޔަޅުން
އުޅަލެއް އެޅިޔަސް ރަން ކަރުގައި ދުޅަހެޔޮކަން ހުރި ސިއްހަތުގައި
ބުޅަލެއް ނަމައީ އެދި އުޅެނީ ފިހިގަނޑަކާއޭ އަބަދު ކުޅުން
ރުއްސަން ހިތްތައް ނޭނގޭތީ ކުސްތަޅަނީއޭ މޮޅުގެ މޮޅުން
ހުސްއަތް ދިއްކޮށް ގެން ތިބެގެން މުއްސަނދިވާނެ އަޅުންގެ އަޅުން