ބަގީޗާ ތަކާއި ގަސް ގަހާގެހި ރަބީޢުން
ފަޤީރުވެ މިލާ މޯޅި ވާނޭ ޚަރީފުން
ޔަގީންވާ ކަމެއް މަރު އެއީ އަދު މިދޭހުން
ހަޤީޤަތް ބަދަލުވުން ނުވާނޭ މިދުނިޔޭން
ހަގެއް ދޮށި ޒުވާނެއް ނުވެސް ހަމަ ބެލޭނޭ
މަގެއް ހަނި ފިލާކަށް މިތާ އަދު ނުވާނޭ
އަގެއް ދީ ޖިޒީއެއް ދިނުން ވެސް ނުވާނޭ
ވަގެއް މިޔަކު ނުހެދޭ ކަތުންނޭ ޔަގީނުން
ވަލުން ބަނދެ ކަފުންކޮށް އެހިނދު ވަޅު މެލާނޭ
ކަލުން ރަސް ޔަތީމުން ތަފާތެއް ނުވާނޭ
އަލުން ދިރި އެދަންދެން އެތާހަމަ ތިބޭނޭ
ވަލުން ބަނދެ މެ ނުލަނީސް ކުރާށޭ މިއަޅުކަން
ކުރާށޭ ދުޢާ އެދި ލިބުން މާތްވި ޖަންނަތް
މުރާލިވެ ކަތުންނޭ ކުރާށޭ މި ހިންމަތް
ދުރާލާ އުޅެންވީ ލިބޭތޯ މި ނިޢުމަތް
ތުރާތައް ދެދުނިޔޭން ފިލާނޭ ޔަގީނުން