މަރުޙަބާ އައުއަހަރު ހިޖުރީ މުސްލިމުން ދަންނަންޖެހޭ
އަރުތަ މިންވަރުވުން އަދާ އެންމެންމެ އަތްއުފުލަންޖެހޭ
ސައުދަސައްތަވެ އަދި ތެޔާޅީސް މިފެށުނީ އަލިތަކުތެރޭ
ވައުނުވަދެ ސީދާ ހިނގަންވީ ހިތްނިޔަތް އޮންނަންޖެހޭ
މިދުނިޔޭގައި އެކަނި ނޫންކަން އަދި ފަހެއް އެބައޮތްކަމާ
އެދުނިޔެއިން ނިމުމެއް ނުވާކަން އަބަދު ވިސްނާލަންޖެހޭ
ރަޙުމަތެއް ކަމުގައި ފޮނުއްވުނު މާތް ރަސޫލުގެ ހިޖުރައަށް
ފަހު އެކަން ފާހަގަކުރާ ތާރީޚު މީ ދަންނަން ޖެހޭ
ތެދުމަގުގެ ތާރީޚު އެނގި ތެދުމަގު ކޮބައިތޯވެސް ބަލާ
ތެދުމަގުން ނޫނީ ހިނގައްޖެތަ؟ ނަރަކައަށް ވަންނަންޖެހޭ
އައު އަހަރު އަޔަތީ އުފާކޮށް މުސްލިމުންނަށް ހެޔޮހިތުން
އައު އަމާން ހެޔޮކަން އެކަކު އަނެކާށަ ފޮނުވަންވެސްޖެހޭ
އެއްމެހާ ގާތް އެކުވެރިންނާ ރައްޓެހިން ހިމަނައި ދުޢާ
އެއްމެނަށް މި މުނާސަބަތުގައި ހެޔޮ އަދާ ފޮނުވަންމެއޭ