Support Us

ވަކިވެގެންނޭ ތިޔަ ދަނީ ހިތްހެޔޮކުރޭ

ހާދަގިނަ އެއްޗެއް މިގައުމުގެ ތަރިކައިން އެބަ ވަކިކުރޭ
ހާދަ އެކުގައި އުޅެފައި ތިޔަ ވަކިވަނީ ހިތް ހެޔޮކުރޭ

އެއް ގޮހޮރުގައި ގަރުބަ ގެންފައި، އެއްބިމަށް މިއުފަންވެފައި،
އެއްބަޔަކު އަދު، ވަކިވެ ދާތީ ދެރަވެޔޭ ހިތް ހެޔޮކުރޭ

ދަރުމަވަންތަ އެ ހަސްފަތާލުގެ ބެލެނިވެރިކަން ބަދަލުކޮށް،
އަހުރެމެންނާ ވަކިވަނީ ތިޔަ، ދެރަވެޔޭ ހިތް ހެޔޮކުރޭ

"ސެނެހިޔާ" ވެސް ހީވަނީ ދެން ވަކިވެދާނޭ އަހުރެމެންނާ
ލިބުނު ޚިދްމަތް ހަނދުމަވާތީ، ދެރަވެޔޭ ހިތް ހެޔޮކުރޭ

ދިވެހި "ޝާހީ ކޮއިލަކަށް ބެލެވޭ ވެލާނާ" ތަރިކަވެސް،
ދިވެހި މިލްކުން ވަކިވެ ދާތީ ދެރަވެޔޭ ހިތް ހެޔޮކުރޭ

އަހުރެމެން މުނިފޫހި ފިލުވައިދިން އޮލިމްޕަސް، އޯޑިއޯނު،
އަހުރެމެން ދޫކޮށް ފުރާތީ ދެރަވެޔޭ ހިތް ހެޔޮކުރޭ

އަތްދަށުން ތި ދަނީ ދިރާގާ، މަނިޓަރީއާ، ކަސްޓަމާ،
"ވަތް ކެނޑޭތީ" ދެރަވެފާ ބުނަމޭ ވަރަށް ހިތް ހެޔޮކުރޭ

ކައްދުއާ، ކާޑެއްދޫއާ، ހަނިމާދުއާ، އައްޑޫ ގަމާ،
ލައްކަ ދުވަހަށްފަހު އެކީއުޅެ، ވަކިވަނީ ހިތް ހެޔޮކުރޭ

ދައްޕަރާ، އަދި ގުޅިފަޅާ، އަދި އުތުރު ތިލަފަޅުވެސް އެކީ
ދެން ޢުމުރު ދުވަހަށްދަނީ ތިޔަ ވަކިވެގެން، ހިތް ހެޔޮކުރޭ

ދިވެހި ނާދީއާއި، ހުޅުމާލެއިން އެހާ ބިޔަ ބޮޑު ބިމެއް،
ދިވެހިނާ ތިޔަ ވަކިވަނިއްޔޭ، ދެރަވެޔޭ، ހިތް ހެޔޮކުރޭ

އަށްސަތޭކަ އަހަރު ފަހުން އަދު، ޕޯޗުގީޒު ހަނދާންތަކެއް،
ދައްކަމުން އުދަރެހުގެ ކައިރިން، އެބަ ފެނޭ ހިތް ހެޔޮކުރޭ

ރައްޔިތުން ރޮއެ ރޮއެ މިއަދު އަޅުވެތިވެފައި ތިއްބާ މިތާ
"ރައްޔިތުން ދޫކޮށް ދަނީ މިނިވަންކަމޭ" ހިތް ހެޔޮކުރޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *