އަންނަނީ ދިވެހި ލޭ އުތުރެމުން އުތުރެމުން
ބަންނަމުންދާން ވަޠަން ނުރުހެމުން ނުރުހެމުން
ލޯބިވެތި ފަސްގަނޑަށް ލޯބި އޮހި ކަރުނައިން
ލޯ ވަނީ ނުނިދިފައި ނުނިދެމުން ނުނިދެމުން
ވެލިފުކެއް ތުނޑިމަތީ ބަލަ އޮތަސް އޭ މުތީ
ނަލަކަމުން ހިތް ދަނީ ބޮސްދެމުން ބޮސްދެމުން
އޭ ވަޠަން! ދެރަނުވޭ! އޭ ޗަމަން! މާ ފޮޅޭ!
ދޭހުގައި އުޑު ދަނީ ނިއުޅެމުން ނިއުޅެމުން
ދިވެހި އަޖުދާދުނާ ދިވެހި ޅަޒުވާނުނާ
ދިވެހި ރޫޙުން ދަނީ އެކުވަމުން އެކުވަމުން
ޒާލިމުން ޚާއިނުން ފާސިދުން ފިނޑިކުރާން
ފާޅުގައި މޭ ދަނީ އުފުލެމުން އުފުލެމުން
އަހަރެމެން ނޫން ހެ އައި ކޮންމެ ބާރެއް ބުޑުން
ލުހެލަނީ އޭގެ ވަސް ފޮހެލަމުން ފޮހެލަމުން
ކޮންމެ ނަސްރެއް ފެށީ އެންމެ ޚާލިޞް ހިތެއް
ގެންނަ ޢިއްޒަތް ދަނީ ފެންނަމުން ފެންނަމުން
One Response
އާދަން. ސަތޭކައިގެ ޅެމެއް. ތަހުނިޔާ!