(ލަވައެއް، އަމިއްލަ ރާގެއް)
(މައިގަނޑު)
ރަންރިހި ދެކީސާ ތަ އަތުގައި ނެތިއްޔާ
ހަންހޭ ކުރާނޭކަ މީހަކު ނުވާނޭ
މަންފާކުރަން ދޭނެ ދިރުހަމު ނެތިއްޔާ
ދަންނާނެ މީހެއްތަ، އަމުދުން ނުވާނޭ
(ކަޑި)
އަންބޮނޑި ނިކަން ބޮޑުވެ ފެންނަން ނެތިއްޔާ
އެންމެން ނިކަން އަނދިރި ލޮލަކުން ބަލާނޭ
ޖަންބާއި ކަދުރުން ވެދުން ނުކުރެވެންޏާ
ލަންވެސްހި ރުހުމެއްގެ ނެތި ޣައިބުވާނޭ
(ކަޑި)
ފަންޖެހި ޖިފުޓި ގަނޑުގަ މަކޮޔާ ނިދަންޏާ
ހަންޑީ ކަމަނަދޮން މަގަތުގައި ނިދާނޭ
ފަންޑިތަ ހަދާ ނާމުބަދު ނުރެކެވެންޏާ
ގަންހިންގުވަން ދެރަސޮޑާ ހަމަ ނެރޭނޭ