Support Us

ޒަލީލު ބަކަރިންނާއި ވެރިކަން

كان تيساً منذُ أيامِ الدراسةْ

ކިޔެވުމުގެ ދުވަސްވަރުއްސުރެން އޭނާއަކީ ގޮތެއް ފޮތެއް ނެތް ޒަލީލު ބަކައްޓެއް ފަދަ މީހެކެވެ

كان تلميذاً غبياً في علومِ البحث ِلكن..

އިލްމު ލިބިގަނެ، ކިޔެވުމުގައި އޭނާވީ ވަރަށް ވެސް ގަބު، ނުކުޅެދޭ މީހަކަށެވެ. ނަމަވެސް

في علومِ الخُبْثِ بحرٌ من نجاسة

ހަޑި މުޑުދާރު ކަންކަމުގައި އޭނާވީ ނަޖިހުގެ ކަނޑަކަށެވެ

كان يهوى سرقة الأقلامِ مِنّا …

އަހަރުމެންގެ ގަލަންތައް ވަގަށް ނެގުމަށް އޭނާ ލޯބިކުރިއެވެ

ليس من فقر ولكن

ފަގީރުކަމަކުން ނޫނެވެ. ނަމަވެސް،

هو حبٌ في الخَساسة

ހަޑި ހުތުރު ވެގެންވާ އަމަލުތައް ކުރުމަށް ލޯބިކުރާތީއެވެ

كان تيساً ذا قرون

އޭނާވީ ދަޅުފަޅާފައި އޮތް ޒަލީލު ބަކައްޓަކަށެވެ

وترقّى في مجالِ اللّؤم حتى

އަޚުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ކުރުމުގެ ދަނޑުގައި އޭނާ ކުރިއަރައި ދިޔައެވެ،

صارَ أهلاً للتياسة

އަދި އެފަދަ ކަންތައްތައް ކުރުމުގެ ފާސް ލިބި އެކަމަށް އަހުލުވެރި ވިއެވެ

ورآه القومُ ذا قرن قوي وخبيث

އާނާއަކީ ވަރުގަދަވެގެންވާ ދަޅުފަޅާފައި ހުރި ނުބައި ނުލަފާ މީހެއްގެ ގޮތުގައި މީސްތަކުން ދުށްޓެވެ

فتبنّوه ككلبٍ للحراسة

އެހެންވެ، ކުއްތާއެއް ފަދައިން، ފާރަބަލަހައްޓާ މީހެއްގެ ގޮތުގައި މީސްތަކުން އޭނާ ގެންގުޅުނެވެ

وهوَ ما يعني امتيازاً في ميادين السياسة

ސިޔާސީ މައިދާންތަކުގައި މި ގޮތުގައި (ކުއްތާއަކަށްވުން) ބެލެވެނީ މޮޅު ޝަރަފެއް ކަމުގައެވެ

ثمَّ في غفلةِ شعبٍ أجلسوه…

ދެން، ރައިއްޔަތް ޣާފިލުވެ ތިބި ވަގުތެއްގައި (ބަޔަކު) އޭނާ ބޭންދިިއެވެ

فوقَ كرسيِّ الرئاسة

ރިއާސީ ގޮނޑި މަތީގައެވެ.

 

ނޯޓް: މިއީ އަހުމަދު މަޠަރުގެ ޅެމެއްގެ [ދިވެހިކޮށްލުމެއް]

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *