Support Us

އެކަނިވެރި ނަޒަރު

ހަނދުވަރު ރޭތަކެއްގައި މާތަކެއް ފޮޅުނެވެ.

ގަނޑުވަރެއްގައި އޮތް ބަގީޗާއަކު ނޫނެވެ.

ކަލެއާއި އަހަންނާ ދެމީހުންގެ ހިތުގެ ބަގީޗާގައެވެ.

 

އުފާވެރި ވަގުތުތަކެއްގައި އިހުސާސްތަކެއް ހިނިތުންވިއެވެ.

އުފާވެރިކަމުގެ މަހެފިލަކުއެއް ނޫނެވެ.

ކަލެއާއި އަހަންނާ ދެމީހުން ބައްދަލުވި މަހައްލުތަކުގައެވެ.

 

ފުރާނަ ނެތް ޚިޔާލުތަކެއްގައި ފުރާނަ އެޅެވި ދިރުނެވެ.

ހަމަހިމޭންކަން ވެރިވެފައިވާ މަންޒިލެއްގައެއް ނޫނެވެ.

ކަލެއާއި އަހަންނާ ދެމީހުންގެ އެއްގޮތްވަންތަ ވާހަކަތަކުގައެވެ.

 

ވައިރޯޅިތަކެއް ބީހެމުން ދިޔަ ހަނދާނީ ބައްދަލުވުންތަކެއް ދިޔައެވެ.

ވައިގެ ފިނިކަމުން އުފާ ލިބޭ މޫސުމަކުއެއް ނޫނެވެ.

ކަލެއާއި އަހަންނާ ދެމީހުން ހުސްކުޅަ އެކި ސާއަތުތަކުގައެވެ.

 

އެ ވަސްތަކަކުން ހިތާއި ސިކުނޑި ތާޒާވި މީރު ވަސްތަކެއް ލިބުނެވެ.

ގޮމަކަސްތޫރީގެ އަބީރެއްގެ ހަވީރަކުއެއް ނޫނެވެ.

ކަލެއާއި އަހަންނާ ދެމީހުން ހިއްސާ ކުޅަ މީރުވަސްވަހުގެ ހުވަނދުތަކުގައެވެ.

 

އެ ހަނދުވަރާއި އެ ރޭތަކާއި އެ ވަގުތުތަކާއި އެ މީރުވަހާއި އެ ރީތި ކުލަތަކާއި އެ ހިއްސާވި އިހުސާސްތައް އަދު ގަނޑުވެއްޖެއެވެ.

މަންމަން ވެއްޖެއެވެ.

އެކަނިވެރިކަމުގައި ޝާމިލްވެއްޖެއެވެ.

 

އަދުމަގޭ… އެކުވެރިޔަކީ ވެސް އެކަނިވެރިކަމެވެ.

ލޯބިވެރިއަކީ ވެސް އެކަނިވެރިކަމެވެ.

އޯގާވެރިއަކީ ވެސް އެކަނިވެރިކަމެވެ.

އަޅައިލުންތެރިއަކީ ވެސް އެކަނިވެރިކަމެވެ.

އޭ އެކަނިވެރިކަމާއެވެ!

ތިބާފަހެ އަހަރެން ދޫކޮށްފައި ދާނީ ކޮން އިރަކުން ހެއްޔެވެ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *