Support Us

ކުރުނީސް މި ކުރަނީ ތިރިވެލާ

ރޯޅިތައް ޖައްވާ ފަޒާގައި ބޮސްދެނީ ހިނިތުންވެލާ
ކޯޅިތައްމާ ޒާރުގައި ފޮޅެނީ ހެމުން ފިނިފެންމަލާ

އިރު އެރީ އައު ދުވަހަކަށް މިނިވަންކަމުގެ އަލި ފަތުރަމުން
ބިރުތަކާ މޮޅިތައް ދުރަށްލައި ފިލުވަމުން ކަޅުބަނަ ވިލާ

ރީތި މޫސުމު ސާފު އުޑުމަތި ރޯޅިވައި މަޑުމޮޅިވަމުން
މީރުވަސް ގައުމިއްޔަތުގެ ފަތުރައިދެނީ ތާޒާވެލާ

ސުލްހަޔާ އަމަނާ ހިމޭންކަން ހާމަކޮށް އުފަލުން ހެމުން
ބުލްބުލާ މުނިޔާ ގުރާ ލަވަތައް އެ ކިޔަނީ އުދުހިލާ

ރަތް ހުދާ ފެހި ދިދަތަކުން ފިނިފިނި ހިޔާ ފަތުރައި ދެމުން
ގަތްބިރާ ޖެހިލުންވުމޭ ނެތިކޮށްލަނީ މިނިވަންވެލާ

އަތްތަކުން މިނިވަންކަމުގެ ގުލްހާރުތައް އަމުނައިލަމުން
އަތްއަތްތާ އަދި ހިތްހިތާ ގުޅުވައިދެނީ އެއްބައިވެލާ

އުސްގަނޑާ އަޑިގަނޑުގަނޑާ ދަތުގަނޑުގަނޑާ މެދު ވިސްނަމުން
ހުސް އުފާވެރިކަން ބިމުން ވަޠަނުގެ ދިރުވަނީ އެކުވެލާ

ދިޔަނުދޭނަން އެންމެ ކުޑަކުޑަ ވެލިފުކެއް ނަމަވެސް ބިމުން
ކިޔުމުގައި މި ނިދާ- ތިބީ ރައްޔަތް ދިވެހި ސަފު އެތުރިލާ

ގަރުނުތައް މާޒީވި މިނިވަން ޖޯޝު ރޫޙާ ދިރުވަމުން
ވަރުވަރުގެ ދަސްތާތަކުން ވެދުމޭ މި ކުރަނީ ފަރިވެލާ

ދިދަތަކާ ޤައުމީ ނިޝާން ޝުކުރާއެކީގައި ބޯލަނބައި
ވިދުވަނީ ޤައުމިއްޔަ މިނިވަން ރާހަތޭ ހަމަ ވިހުރިލާ

ބަޠަލުނަށް ޤައުމީ ވި ޤުރުބާން ވީ ފިދާ ޤައުމަށް ޓަކައި
އަދަބުވެރި ތައުޒީމުގައި ކުރުނީސް މި ކުރަނީ ތިރިވެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *