Support Us

ދިދައެއް ލަދުންނެ އެހެރީ

މިނިވަންކަމެއް އެބޮތްހޭ އުފެދޭ ސުވާލެކޭ މީ
ދިނިފައި މިތާ އެބޮތްހޭ ސިފައެއް ދިވެހި ޤައުމީ

ރަތް، ފެހި ހުދުން ޖަރީވީ ދިދައެއް ލަދުންނެ އެހެރީ
ރަތްދަކަ އަވީ ތެރޭގައި ދެކެމުން ބަތާހަރާމީ

ނެތްކަން ސިޔާދަތެއް އަދި މިނިވަންކަމެއް މިތާނގައި
ހެތްކެއް ޔަގީން ކުރާކަށް ނެތް ބޭނުމެއް އަމާމީ

ވިސްނުން މަގޭ މުއައްގަދު ކޮށްލާނެ ސަބަބުތަކަކީ
އިސްވާރުނޭ ކިޔައިގެން ގުސްތަރު ލޮލަށް ފެނުން މީ

ޖީބަށް އެޅޭ ބަޔާ މެދު ނޫނީ ނުވިސްނަނީތާ……..!
ޣީބައިގެ ރާގު ހަމަކޮށް ފުނައާ އެކީ މިލުންމީ

އެއުރެން ބުނާ ކަމެއް ނޫން އެއްވެސް ކަމެއް މިތާނގައި
ފައުޅުން ވިޔަސް ނުވާކަން ޝައްކެއް ނެތީއްޔެ ގައިމީ

މިނިވަން ދުވަސް ނަމެއްގައި އަޔަކަސް ތަބައްސުމެއް ނެތް
މިނިކާވަގެއްގެ އަނގަޔަށް އޮޑި ވަންނަނީއްޔެ ޤައުމީ

ނަފުރަތު އުފެއްދި ބިލަކުން އިތުރަށް އޮތީ ހިރާސްކަން
ކަފުނަށް މި ޤައުމު ދާތަން ދެކެމުން ދަނީއްޔެ ދުރުމީ

ޤައުމިއްޔަ ޖޯޝު ލޭގައި ހުރިނަމަ ކެރޭ! ގޮވާން ވެސް
ދައުލަތް ދަރައި ވިކޭއިރު "ދާށޭ" އަޑޭ މި ޤައުމީ

“މާޒީ”ގެ ހިތް ފަޅައިގެން ދާތީއްޔެ އަސަރު ކޮށްގެން
ޣާޒީންގެ މާތް ޖިހާދުން ޒިކުރާއެކޭ ކުރާ މީ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *