Support Us

މިނިވަންދުވަހާއި "މިނިވަންކަމުގެ ބާނީ" ކާކުބާ؟

މިނިވަން ދުވަހު މިނިވަން ކަމުގެ ބާނީއަކީ ފަހެ ކާކުބާ؟
ދިވެހީންކުރާ މިނިވަން އުފާ ޒިކުރާ ވަނީވެސް ކާކުބާ؟

މިނިވަންކަމުގެ ބާނީ، ރައީސް- މަރްޙޫމު ނާސިރު، ނަން ފުޅުން
ނިވި ދިއްލެމުން އެ ފޮޓޯފުޅެއް ފެންނަންހުރީ ކޮންތާކުބާ؟

މިނިވަންކަމެއް ހޯއްދެވިގޮތާ އެކަމަށް އުފުއްލެވި ބުރަތަކާ
މިނިވަންކަމުގެ އިޙްސާސްތައް ދެނެގަންނަނީވެސް ކާކުބާ؟

އަޅުގަނޑުމެނާ ވަކިވީފަހުން މިނިވަން ބަޠަލްގެ ފުރާނަފުޅު،
ތަޢްރީފުކޮށް އަދި ހެޔޮ ދުޢާއެއް ކޮށްލަނީވެސް ކާކުބާ؟

އަގު ނެތް މިދުނިޔޭގައި ކުރާ އެއްވެސްކަމެއް އަގުކޮށް ހަދައި
ރަޙުމާއި ހަމްދަރުދުގެ ބަހެއްވެސް ބުނެލަނީ ފަހެ ކާކުބާ؟

ކެހިވެރިތަނެއްކަން ދުނިޔެމީ ދެކެ، ދެނެ، ކުރަންވީ ޢަމަލުތައް
ދެނެވޮޑިގަތުން ﷲ ނޫން، ނެތްކަންޔަގީން ނުވެ ދާނެބާ؟

މިނިވަން ބަޠަލްގެ ފުރާނަފުޅު، ލެއްވުން ސުވަރުގޭގައި އަދައި
މަތިވެރި އިލާހީ ޙަޒުރަތަށް އެދި ދަންނަވަން ނުޖެހޭނެބާ؟
***
މަތިވެރި ޖިހާދުގެ ޚިދްމަތުން، ބަޠަލެއް ގެނައި މިނިވަންކަމެއް
އެކި ބައި ބަޔަށް ބައިކޮށް މިއަދު އަޅުވެތިކުރަން ހެޔޮވާނެބާ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *