Support Us

ޢީދު މުބާރަކް، އަދި…!

ބިސްމި ކިޔަމުން ދަންނަވަން, ދިވެހީންގެ ކުދި ބޮޑު އެންމެނަށް
ބަސް ރިވެތިވީ ހެޔޮ މަގުން ޢީދުގެ މުބާރަކު ހެޔޮ ހިތުން

އިސް އުފުލި، ދެން އޭގެ ފަހުގައި މަތި ބަލައި، ފެންކަޅި ވަމުން
ފުސް ދެލޯ ވިޔަކަސް ނިޔަތް ޠާހިރުކަމާއެކު ދަންނަވަން

ވެއްސަވާނދޭ ރަޙުމަތުގެ ވާރޭ މި ދީބުގެ މެދު އުޑުން!
އައްސަވާނދޭ، ދަންނަވަމެ މިދުޢާ ވި ނިކަމެތި އަޅު ދުލުން!

ރަސްމިވައި އަޅަމެންގެ ގާތުން ގެންދަވަން ދެން ދަންނަވަން!
މުއްސަނދިން ފައިދޮށުގަ ނޫނަސް ރިޒްޤު ހުރިކަން ދައްކަވަން!“

ބިސް އަޅާ ރަން ކުކުޅު ނެތި އަތުގައި މަމެންގެ ކަށީމަދުން
ހެސްކިޔައިފައި ހިންގަވާށޭ ހިތްވަރެއް ނެރެގެން ފަށަން!

ހައްސަ ބާނަން، ދަނޑު ކޮށަން، ނޫނީ މަސައްކަތު ހިޖުރަދާން!
އަސްލު ޢީދު ކިޔަން ލިބޭނީ އެ މަގުނޭ، ކެރިގެން ބުނަން

ބަސް މިތާ މިބުނާ ނިކަން ނާހައިފި ނަމަ ދެން ވާގޮތުން
އަސްތަ އަސްތާ  ދާނެއިވި ޅެންތައް އިހުގެ ފަށްފަށްވަމުން

ރަސްއެދުރު ޞާދިޤުގެ ޅެން ނިކަމެތި ހިތަށް އަރަޔޭ ނިކަން
ގިސްލެވޭ! ބަދަލެއް ނެތޭ، އެއިރާ މިހައިރާ، ވިސްނުމުން

ފެއްސަކަސް އެއުރެން ވިލާތުން އަނބިދަރިންނަށް ރަންހެދުން
ހަސްނެތުނުފަސް ދެރަ ލިބާހެއް ދަރި މަގޭ ވީ ފޮތިއަޅަން

އުސް ގެތަށް އެެއުރެން ނަގާތާ ދެރަ ސޮރުގެ ގެގަނޑުގެ ގުޑުން
ޙިއްސު ނެތް ”ޙައްޤުގެ ލިޔުން“ އޮވެޔޭ ނިދަން އަޑު ނީވުމުން

”އުސްމިނަށް! އައު ރާއްޖެޔަށް! ގޮވަމުން ދުވާށޭ މަގުތަކުން!“
ޅޮސްއުނދޯލީ ދަޢުވަތަށް ކިޔަމަން ނުވޭ! ބަލަ  ގުދުމަގުން

އަސް ނިކަން ސާބިތުކަމާއެކު އިޚްތިޔާރުން ދުއްވަމުން
ނަޞްރު ހޯދާށޭ ފަޤީރުން ވިސްނުމާ މިނިވަންކަމުން

ބިސްމި ކިޔަމުން ދަންނަވަން ދިވެހީންގެ ކުދި ބޮޑު އެންމެނަށް
ބަސްރިވެތިވީ ހެޔޮމަގުން ޢީދުގެ މުބާރަކު ހެޔޮހިތުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *