Support Us

ފުރަބަންދަށް ފަހު އައި ބޮޑު އީދު

އީދު ދުވަހަށް އަލިވިލުން ތަކުބީރަކުން ގުގުމައިފިޔޭ
މީ ދުވަސް ލޭފައިގެ މަތިވެރި ރޫޙުގައި ދައްކައިފިޔޭ
ވީ  ދުވަސް ފުރަބަންދުގައި ނައްތައި ހަނދާނުންލައިފިޔޭ

އީދު އަޟުޙާ ދޫތަކުން ކިޔަމުން މުބާރިކު އެންމެނަށް
ވީ ދުވަސް ފުރަބަންދުގައި ދޫކޮށް ފުރައިފިޔެ ރަށްރަށަށް
މީ ދުލެއް ލިބުމުން ކަރަންޓީނުން ސަލާމަތް ވެއްޖެޔޭ

ހެއު ޝުޢޫރާ ހެޔޮ ދުޢާއާ ލޭފަވެތިވީ ބަސްތަކުން
އެއުރެމެންގެ މުޤާބިލަށް އެއް ހާޒިރަށް ދެވިފައިވުމުން
ހެއު ނަސީބުގެ ފާލަކަށް މުޅި ޤައުމު ވެސް ތަންދީފިޔޭ

މާތްވި މަތިވެތި ކަޢުބަތުﷲގެ ވަށައިގެން ހިނގުމުގައި
ވާތްގަކަށް އެދެމުން ޠަވާފުގެ ހަތްބުރެއް ހަމަކުރުމުގައި
ގާތްކަމާ ގައިދުރުކަމާއެކުގައި އެކަން ނިންމައިފިޔޭ

އަދި ޞަފާ، މަރުވާ ދެމެދުގައި ސަޢުޔުކޮށް އިޙުރާމުގައި
މަދަދު އެދިގެން މާތް އިލާހުގެ ޙަޟުރަތަށް ދެންނެވުމުގައި
އެ ދިހައެއް ހަމަވެގެން ދިޔަ އިރު އުފާ  ލިބެވިއްޖެޔޭ

އެއް ސަފެއްގައި އެއް މިނެއް ޢަރަފާތުގައި ތިބުމަށް ފަހުން
އެންމެހައި ރުކުނެއް އެތަރުތީބުން ފަރުޟުވެސް ނިންމަމުން
ދެން އެއައި އުފަލެއް ތަނަށް، މުޅިއުންމަތަށް ފޮނުވައިފިޔޭ

ޙައްޖު އަޟުޙާ ޢީދުގައި ރަށު ފެންވަރުން ބައިވެރިވަމުން
"ހައްދު"އަށް މިއަހަރު މި އީދަށް ދާނެ ފުރުޞަތު ނުލިބުމުން
ރައްދުކުރުމުން ހެޔޮ އެދުން "މާޒީ"ގެ ހިތް ފޮޅިލައިފިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *