މަޅިޖަހާ މީހުންގެ އުކުޅާ ރޭވުމަށް ވިސްނަންޖެހޭ
ކަޅި އުކާހެން ކުކުޅުހާވެސް މަޅިބަލައި ނެއްޓެންޖެހޭ
މަޅި ނުފެންނާނޭ ބެދޭ އެ ބުނެވޭ ބުނުމީ ރޯދޮގޭ
މަޅިތަކުން ރެކެވޭނެ ނުމެބެދި ލޯއެކީ ހުޅުވަންޖެހޭ
ވަޅި ހިފައިގެން އެބަ ތިބޭކަން ކަތިލެވޭތޯ ގާތުގާ
ފަޅަފަޅައިގެން ވެސްބަހާށޭ ބޭނުމީ ދަންނަންޖެހޭ
މަޅިމަތީގައި ފާރަލައިގެން އުތުރު ގައްބަރު ރޭދުވާ
ސަޅިވެ އިނދެ ރާވައިދެނީ ފިކުރީ ފަތަހަ ހޯދަންޖެހޭ
ގައިދުރަށްލައި ކޫރުމެއް އެޅިދާނެތީ މާދުރުދުރުން
ވައިވެގެން އުޅެ ފިނޑިވުމުން ނާކާމިޔާބު ދެކެންޖެހޭ
މަޅިމަތީގައި ފާރަލައިގެން އިތުރު ގައްބަރު ރޭދުވާ
ސަޅިވެ އިނދެ ރާވައިދޭނީ ފިކުރީ ފަތަހަ ހޯދަންޖެހޭ
ގައިދުރަށްލައި ކޫރުމެއް އެޅިދާނެތީ މާ ދުރުދުރުން
ވައިވެގެން އުޅެ ފިނޑިވުމުން ނާމާކިޔާބު ދެކެންޖެހޭ
ހެޔޮނުވާނެ ކެރޭށެ ކުރިއަށް ނުކުމެ ދިވެހިން ދިވެހިވާން
ދިވެހި ދީނާ ދިވެހި ގައުމަށް ކެރި ސަމާލުވެވެންޖެހޭ