ކާކުތޯ ހުރިހާ ކަމެއް ފުދިގެން އުޅޭއިރު ދަންނަނީ
ޙާލުގައި އެއުޅޭ ބަޔަކު އެއުޅޭނެ ހާލެއް ވިސްނެނީ
މުއްސަނދީން ނިކަމެތިވެގެން ދަތި ޙާލަތެއް ކުރިމަތި ވުމުން
ހުސްއަތާ އެއުޅުނު ފަގީރުން އުޅުނު ޙާލެއް ވިސްނެނީ
ބަނޑުފުރާ ކައި އުޅެނިކޮށް ހައިހޫނު ޙާލެއް ޖެހުނުމުން
ހައިބަނޑާ ކާންނުލިބި ތިބި މީހުންގެ ޙާލަށް ވިސްނެނީ
ބަލިނުވާހައި ހިނދަކުގައި ގަދަފަދަ ކަމާއެކު އުޅެނިކޮށް
ބަލިވެގެން އެނދުމަތިވުމުން ބަލި މީހަ ޙާލަތު ވިސްނެނީ
އެކަނިވެރި މީހުން މިދުނިޔޭގައި އުޅޭ މާޔޫސްކަން
އެކަނި ވެރިވާ ދުވަހަކުން ނޫނީ އެޙާލު ނުވިސްނެނީ
ބާރުގައި މިނިވަންކަމުން މަތިހަށި ނަގައިގެން އުޅެނިކޮށް
ބާރުނެތިދާ ދުވަހު އަޅުވެތި ކަމުގެ ޙާލަތު ވިސްނެނީ
ކޮންމެ މިންވަރަކީ އެއީ ﷲ ދެއްވާ މިންވަރެއް
ކޮންމެވެސް ދަތި ޙާލަކަށްފަހު ދެން މިކަންވެސް ވިސްނެނީ
