Support Us

އިބިލީސް ކުލަބުހައުސްގައި

ކުލަބު ހައުސް އިބިލީހުގެ ތަޢާރުފަށް އައުމުން
ދުލަކު ނެތޭ ދެ ބަހެއް ވަދެލިޔޭ ހެމުން ނަށަމުން

ގޮވައިލިޔޭ އައުވާނުންގެ އެންމެނަށް އަވަހަށް
ހޮވައިލެވުނު މައުޟޫޢެއް ހޮވައި ދަރެސް ފަށަމުން

އެނގޭހެ އިންސާނާގައި ވަނީ ކިތައް ލޯ ކަން؟
އެނގޭ ކުދީން ތިބި ނަމަ ބުނެބަލާށެ ތިޔަ އެނގުމުން

ދެ ލޯ ކަމަށް އިފުރީތަކު އެ ތާ ޖަވާބު ދިނޭ
ދެ ލޯފުޅާ ގޯހޭ ބުނެލިޔޭ ކަކޫ ކަހަމުން

ހަތަރު ލޮލޭ އިންސާނެއްގެ ހުންނަނީ ސީދާ
އެ ތެރެފުށާ ބޭރަށް ދާށެ ފިކުރުތައް ފިރަމުން

ނުފެންނަ ފަށުގައި ބުއްދީގެ ވާނެ ނޫންހެ ދެ ލޯ
ނުފެންނަ ތަކެތި ނެތޭ ބަޔަކު ދޭ މެޔޭ ހިތަމުން

އެހެންވުމުން އަހަރެންނާ ކަލާނގެ ވެސް އެއުރެން
ވަހުމު ކަމަށް ކަނޑައަޅައޭ ދެ އިރު އަނދުން އަޅަމުން

މިރޭގެ މައިގަނޑު މައުޟޫޢަކީ މިހެން ވީމާ
ނެރޭންވި ލާބަތަކޭ އެ ފަދަ އެކި މޮޔައިން ބަލަމުން

އެ މީހުނަށް ގޮނޑިޔާ ތާޖު ޑޮލަރު ފެންނާނޭ
ދިހުންތަކަށް މޫނުގެ ލޯ އެ ހުންނަ ތޫނުކަމުން

އެ މީހުނަށް ދީނެއް މަޒުހަބެއް ނުފެންނާނޭ
އެއީ މުޅިން ހަމަ ބުއްދީގެ ލޯ މަރައި ނިދުމުން

ސަލާމަތާ މިނިވަންކަން އަމިއްލަ އިސްތިޤުލާލް
ހިލައި ހިޔަނި ވެސް ނުމެ ވާނެ އޭގެ ދަޅަނެތުމުން

މި ހާލުގައި ތިބި ނަމަ އުންމަތެއް ބިމާ އެ ވަޠަން،
ޖަހައިގަތުން ލަސްނުކުރާތި ރަނުގެ އަގު އެރުމުން

އެއަށް ފަހުން ތާޖާ ތާޖު އެޅި ހިމާރުތަކާ
ލެޔަށް އެކީ ގަންބާލާތި އެކުވެ ލަވަކިޔަމުން

ދަރެސް މިރޭގެ މި ނިމުނީ، މިހާރު ވެސް މި މަގުން
ހުރަސްތަކެއް ނެތި އެބަ ދޭ އެތައް ކަމެއް ހިނގަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *