އުފެއްދި ކަމަށް ފިތުނަ ވޭހޭ ހަގީގަތް މިއަދު ދެއްކީމާ
ދެފުށް އެއް ގޮތްކުރާން އެދިގެން ބަޔާނެއް ހާމަ ކޮށްލީމާ
ތިމާގެ ޢަޤީދަތާ ދީނާ މިތާ އޮތް ޤައުމު ވަންތަކަމާ
ޙިމާޔަތްވުން އަދައި އެ ކަމަށް "ޓްވީޓެއް" ބޭރުކޮށްލީމާ
ބިމުން އަކައިންޗިއެއް ނަމަވެސް އެހެންބަޔަކަށް ނުދޭށޭބުނެ
އިމުން ބޭރަށް ނުގޮސް ހުރެގެން ޚިޔާލެއް ފާޅުކޮށްލީމާ
މިއީ ވެހި ދިވެހި ވާރުތައޭ، މިތާ މި އޮތީ ދިވެހި ޙައްޤޭ
މި އީމާނާ އެކީ ތިބެގެން ހަގީގަތް ފާޅު ކޮށްލީމާ
ޚިލާފު އެތައް ރިޕޯޓެއް ނެރެ މި ދީނާ ފުށުއަރާ ގޮތަކަށް
ކިލާކޮށްލާން އެބައިމީހުން އުޅޭ ވާހަކަ ގޮވައިލީމާ
ނުވާނޭހެން މިމާތް ދީނުގެ އުޞޫލާ އަޞްލު ނަގަހައްޓާން
ހުވާކޮށްގެން މި ތިބަ މަތިވެރި ޢަޤުދުތަކަށް ތަބާވީމާ
ކޮބާ މާއްދާ ހަތާވީހާ ނަވާވީހުން ލިބޭ ޙައްޤާ
އޮބައިލީހޭ އެޒިންމާތައް ގަލަން ކާއްތާން މަ ފެއްޓީމާ؟
