ޝަބާބުގެ ތަށިން މަސްތުވެވިގެން ދަނީއޭ
ތަބާމެވެ ހަވާނަފުސު އިސްކުރެ ވެނީއޭ
އަބާރަނަ ތަކުން ހިތް އުފާކޮށްލަނީއޭ
ގަނބައިގަނެ އަޒާބުގެ ދޮރެއް ހުޅުވެނީއޭ
ދަރާވިކި ޝަރާބުގެ ފުޅިން ވަޞްލު ބޯލާ
މަރައިގެން ދެލޯ ލައްޒަތާ އަތުގުޅާލާ
ޙަރާމެއް ޙަލާލެއް އެކުން ނުމެ ބަލައިލާ
އަރާމެއް ލިބޭނަމަ އެކަން ކޮށްލަނީއޭ
މިދުނިޔޭގެ ވަގުތީ އުފާތަކު ތެރޭގައި
ވިދުންތަކުގެ ދަޅަޔާ ނިފާޤުގެ ތެރޭގައި
ނިދުނު ހިނދު ޖަހާލަތުގެ ހުޅުގަނޑު ތެރޭގައި
ދެދުނިޔޭން ތިމާ ގެއްލިގެން ހަމަ ދަނީއޭ
ޙަޔާތުގެ އަލިން ފަނޑުވެދާ ހިނދު އެކުލަވަރު
ގަޔާ ހަމަ އެނުވިޔަސް ބަލާ އާދެއޭ މަރު
ބަޔާންވެވި އެވާހެން ކަތުން އަދު އެލޭ ކަރު
ގަޔާ ނުވި އެނަމަވެސް ހިފައިގެން ދަނީއޭ