ހަނދު އެރި ކަމުގައި ވިޔަސް، ހިތް އަނދައި ހުލިވެއްޖެއެވެ.
ހަނދު، އެހެރީ، އަނެއްކާވެސް، އަރާފައެވެ.
ނަމަވެސް، ކަލާ އައިސް މިތާކު ނެތެވެ.
އެހެންވެ، ގަދަ ވޭނެއްގެ އިހުސާސު އަނދަމުން ދެއެވެ،
އަހަރެންގެ ހިތުގެ ތެރޭގައެވެ.
ނަމަވެސް، އަހަންނަށް ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟
މި އޮތް ނަލަ ނަލަ ހަނދުވަރީ ރޭ އެބަ ބުނެއެވެ.
ސިއްރު ސިއްރުން، މަޑު މަޑުން އަހަރެން ގާތުއެވެ.
ކަލޭ ތި އެދޭ ލޯބީގެ، ހިތްގައިމު ދުވަސްތައް މާޒީވެ ހިނގަންޖެއެވެ.
އަދި، ޚުދް، އަހަރެންގެ ހިތަށް ވެސް އެނގެއެވެ،
ކަލާތީ މިހާރު އަހަރެންގެ މީހެއް ނޫންކަމެވެ.
އެކަން އެނގޭއިރު ވެސް، މިތާ ކޮޅަށް އަހަރެން މިހުރީއެވެ.
ކަލާ އަތުވެދާނެކަމަށް ހީކޮށްލައިގެން، އިންތިޒާރުގައި މަގަށް ބަލަބަލައެވެ.
އަހަރެންގެ ހިތުގެ ތެރެއިން މިހާރު ދުން ވެސް އަރަމުން އެބަ ދެއެވެ،
ގަދަ ވޭނުގައި އަނދަމުންދާ އަހަރެންގެ ހިތުގެ ތެރެއިންނެވެ.
ނޭވާ ހޮޅި ބެދި، އަހަރެންގެ ނޭވާލާން އުނދަގޫވެއްޖެއެވެ.
ދެން ވެސް، ކަލާ ހަމަ ނާންނާނަން ހެއްޔެވެ؟
މިހާރު، އަހަރެންގެ މުޅި ހަށިގަނޑު އަންދައި ހުލިވެއްޖެއެވެ،
އަހަންނަށް ލިބުނު ކަމުގައި ހީވި ބަހާރު މޫސުމުގެ ހިޔަނި އެޅުމުންނެވެ:
އެ ބަހާރު މޫސުމުގެ ހަނދާންތައް އައިސް އައިސް ހުރުމުންނެވެ.
މިކަމާ މެދު އަހަންނަށް ކުރެވެން އޮތީ އަޅެ ކޮން ކަމެއް ހެއްޔެވެ؟
ކަލާގެ ހަނދާންތައް އައިސް އައިސް ހުރުމާ މެދުއެވެ!
