Support Us

އޭ އިއްޔެޔާއެވެ!

ކަރުނަ އޮއްސަން ކުރުވި ތަދުތައް ނެތިނުދާނޭ ހަނދުމަޔާ
ދަރުދު ޖައްސަން ހިތުގެ ވޭނަށް ނުވެހި ދެން ދޭ ވާރެޔާ

ވާރެޔާ އޭ ވާރެޔާ ވެހިވެހި އެކުވެލާ ކަރުނަޔާ
ފާރުވާ ދެލޮލާ ހިތުން ނެރެދޭށެ މި ގިލަން ހިތި ލެޔާ

ހަނދުމަޔާ އޭ ހަނދުމަޔާ ދާށޭ ދުރަށް ދޭ މާ ދުރަށް
ހަނދުމަތައް ބޭކާރުވެއްޖޭ ފޮހެލަދޭށޭ ރޯޅިޔާ

އޭ ހިމޭން ވައިރޯޅިޔާ ތިޔަހެން ނުދީ ދޭ މެސެޖުތައް
ބޭނުމެއް ނޫން ދެން އަލުން ބީހެން ދުރަށް ދޭ އޭ ވަޔާ

އޭ ވަޔާ އެބަ އަޑު އިވޭހޭ ހިތުގެ ނަޣުމާތައް ކިޔާ
ނޭވަޔާ ވިންދޭ މި ހިނދެނީ އަސަރުގައި ހިތި ނުވެ ގަޔާ

ރޭގަނޑާ އޭ ރަނގަނޑާ! ބޭޒާރު ނުކުރޭ ސިއްރުތައް
ރޭތަކެއް ހޭދަވި ގޮތުގެ ވާހަކަ ނުއިއްވާށޭ ކިޔާ

އޭ ހަނދާ ތިޔަ ހަނދުވަރުން ދިން ފުން އުފާ ނެތިވީ ދުވަހު
ދޭހަވޭބާ ކަން މި ވާ ގޮތް ވައުދުތައް ލީމާ އޮޔާ

އޭ އިރާ އިރުއިރުކޮޅުން އެކި ސާތު ހޭދަވި ހޭދަވުން
އޭގެ ތާޒާކަން މުޅީން ކެނޑުނީ އެކީ ފެތުރުވި ހިޔާ

ވޭނަކަށް ވެއްޖޭ މިއަދު އިއްޔެގެ އުފާތައް ވީ މަޖާ
ބޭހަކުން މި ތަދެއް ނުފިއްޔޭ ބޭވަފާތެރި ދުނިޔެޔާ

ކަރުނައޭ ހުސް ކަރުނައޭ ސަދުމާގެ ހިތިކަމު އޮއްސެނީ
ދަރުމަވާނެ! މަށާ ދުރަށް ދޭ އިއްޔެޔާ އޭ އިއްޔެޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *