Support Us

"މި ލިބުނީ ވަރަށް ބޮޑު ކެއްސެއް"

ކޮވިޑުޖެހިފައި ރަނގަޅުވީ ނަމަ ހާދަ އުފަލެއް އަދު މަވީސް
ކޮވިޑު ނުޖެހި ސަލާމަތުން ހުރެގެން "މި ކެއްސެއް" ނުލިބުނީސް

ބޭރުގައި ނޫޅެން އަމުރު ކުރިޔަސް އެއަށް އިންކާރުކޮށް،
"ބޭރުގައި އުޅެ ފައްސި ވީނަމަ" މިއަދު ކޮންފަދަ ރަނގަޅު ވީސް

ޑަކުޓަރުން އަންގާ އަޑެއް ނާހައި ނިކުމެގެން ބޭރުގައި
ލޮކް ޓައުނުގައި އުޅުނު ނަމައީ ފައްސިވެފަ، އަދި ނައްސި ވީސް

އޭގެ ބިރުވެރިކަން ދުރަށްލާ، ބޭރުގައި އުޅެ ފައްސިވީނަމަ،
އޭގެ "ކަސްތޮޅު އެޅި" އަތާފައި ބަންދުވާކަށް ނުޖެހުނީސް

ހާދަގިނަ "ލުއިތައް ލިބޭނެ ދެޑޯ ވެކްސިން ހަމަވުމުން"
ހާދަގިނަ ހެދިހާ ދޮގެއް އަޑު ނުއެހި ނަމަ މާ ރަނގަޅުވީސް

ކޮވިޑު ވެކްސިން ޑޯޒު ޖެހުމަށް، ކިއުގަޖެހި ރަތްދަކަ އަވިން،
ކޮވިޑް ވެކްސިން ހަމަނުކުރިނަމަ މިވަރު ކެއްސެއް ނުލިބުނީސް

ދޫފުޅުން އެ ވިދާޅުވީ ބަސްފުޅުތަކަށް އިތުބާރު ނުކުރަން،
ދޫނުކޮށް މުޅި ރަށުތެރޭ "ތެޅި ފޮޅުނުނަމަ" ނަމައީ ރަނގަޅުވީސް

މިއަދު އެކިއެކި ރަށްރަށަށް ގޮސް ޢާއިލާއާ އެކު އުޅެން،
މިއަދު މި ބުނާ ޑޯޒު ފުރިހަމަ ނުކުރެވޭ ނަމަ ހުއްދަ ލިބުނީސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *