ހީރަހާ ވަކި ނުވިކަމަކު، ވީދި ޞަފްޙާތައް ވަނީ
ތެރަހަކުން ތަތްކޮށްލުމަށް، ހިތް މިއަދު ނުކުޅެދިވަނީ
ވާފަށުން ޖެހިގޮށް މަތީ، ހުރެ ހިމާޔަތް ހޯދުމަށް
ލޭފަ، އޯގާ، ކުލުނުލައި، ކުރިބިނާ ހިތުގައި ވަނީ
ހަށިގަނޑާ ހިތް ހިބަކުރީ، ލޯބިލޯބިން ކަމުވިޔަސް
މުށުތެރޭ ފިއްތާ އެދިން، ވޭންތަކޭ މި ހަނދާންވަނީ
މަދަދު އެދި ރިހުމަށް ޝިފާ، އެދުނުހިނދު ހިނިތުންވަމުން
އަނދުނަކުން ހީލަތުގެއެޅި، ރޮނގުތަކޭ ކުލަ ފެންނަނީ
ދަޢުވަތެއް ލޯތްބޭކިޔާ، ދިން ވަގުތު ހަނދުވެސް ބަލައި
ކައުނުހެކިކޮށް ކުރި އެވަޢުދޭ، ހިތަށް ތަދުތައްދެނީ
އިތުރު ވޭން ތަކުރާރު ވާތީ، ދުރަށް އެޅި ފިޔަވަޅުން
ދަތުރުކޮށް މަންޒިލު އެދޭ، ނުފެނިފައި އަދިވެސްވަނީ
މިތުރަކަށް ހިތްހުޅުވުމަށް، ބަލިހިތަށް ވިސްނައިދިނަސް
ހިތުތެރޭ ހުރި ކޫރުތައް، އޭނައޭ ސިފަކޮށްދެނީ
