Support Us

ބުނެދީބަލަ، މީ ކޮންކަމެއް؟

ބިރުވެރިކަމެއް، ކަށަވަރުކަމެއް ވަގުތެއް ބުނަން ނޭނގޭ ކަމެއް
އިރުއިރުކޮޅަށް ނުމެވާ ކަމެއް، ބުނެލަދީބަލާ މީ ކޮންކަމެއް؟

އިތުރަށް ވަގުތު ނުލިބޭކަމެއް، މިތުރަށް އެހީ ނުދެވޭ ކަމެއް،
އިތުބާރުދޭން ނޭނގޭ ކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ތައްޔާރުވާން ނޭނގޭ ކަމެއް، ރައްކާވެގެން ނުފިލޭ ކަމެއް،
ކަންއޮތްގޮތެއް ނުބެލޭ ކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

މަސްއަލަ ބަލަން ނޭނގޭ ކަމެއް، އަސްތާ! މިއީ ބިރު ހުރި ކަމެއް،
ފަސްދީ އެނބުރި ނުބެލޭ ކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

މުއްސަނދިކަމަށް ނުބަލާ ކަމެއް، ދުޝްމިނުވިޔަސް މީ ވާކަމެއް،
ހުއްސަރިބަޔަސް ވަރިހަމަ ކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ދަރިއެއް މައެއް ނުބަލާ ކަމެއް، ދޮއްޓެއް ހަގެއްވެސް ނެތްކަމެއް،
ދަރިއަކު އެހީ ނުދެވޭ ކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ރަސްކަންއޮތަސް ނުބަލާ ކަމެއް، ރަނިކަން އޮތަސްމީ ވާކަމެއް،
ފަސްގަނޑުދަށަށް މީ ދާކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ބައްޔެއްވުމެއް، އަދި ގަދަވުމެއް، ދެކަމުން ޔަގީންކަން ނެތް ކަމެއް
ދައްކަން "ވޮރަންޓީ" ނެތްކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ވިސްނަށް ނުވެސް ނޭނގޭ ކަމެއް، ޖިސްމަށް މިއީ ބިރުހުރި ކަމެއް،
ހިތް ހުއްޓިގެން ވެސް ދާކަމެއް، ބުނެދީބަލާ މީ ކޮންކަމެއް؟

ރަޙުމެއް ހިލާ ނުމެވާ ކަމެއް، ފަހު ނޭވައޭ ބުނެވޭ ކަމެއް،
މަރުވާނެކަން ކަށަވަރު ކަމެއް، ބުނެދީބަލާ! މީ ދޮގުކަމެއް؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *