Support Us

ލޯބިތޯއެވެ!

ލޯބިވޭ ކުލައެއް ވަހެއް ނެތް ސާފު ފެން ފަދަ އެއްޗަކަށް
ލޯބިވޭ އޭގައި އަޑެއް ވިންދެއް ވިޔަސް ނެތް ހިއްސަކަށް

ލޯބިވޭ ސާހިލްތަކަށް ބޮސްދޭ ޅުރާ ފަދަ އެއްޗަކަށް
ލޯބިވޭ ހަލަބޮލި ކަނޑެއްގައި ދަތުރު އެ ކުރާ އުޅަނދަކަށް

ލޯބިވޭ ހަނދު އެރިކަމަކު އަލިކަން ނުދޭ ހިލަ އެއްޗަކަށް
ލޯބިވޭ ހަނދުވަރު ފަދައިން ކަނު އަނދިރި ނައްތާ އައްޔަކަށް

ލޯބިވޭ ހޫނުން އެ ދިލަ ފިއްސާ ހިތާމޭ އެއްޗަކަށް
ލޯބި ވޭ ވައިރޯޅިޔާ ފިނިފިނި އުފާދޭ ހިޔަލަކަށް

ލޯބިވޭ ހިތްތައް ދިރޭ ފެނަކަށް ދިރުންދޭ އެއްޗަކަށް
ލޯބިވޭ ހިތްތައް ގަތުލުކޮށް ނުތޫ ބިޔަ ހަތިޔާރަކަށް

ލޯބިވޭ ހިތްތަކު ތެރޭ މާތައްމެ ފޮޅުވާ އެއްޗަކަށް
ލޯބިވޭ ހިތްދަތިކަމަށް އިތުރަށް ތުރާ ދޭ ވޭނަކަށް

ލޯބިވޭ ދިރުމެއް ނުވާ މޫސުން ޚިޒާނުގެ އެއްޗަކަށް
ލޯބިވޭ ފިނިކަން އެއިން އޮއްސާ އަރާމު ބަހާރަކަށް

ލޯބިވޭ ލޭކަރުނައަށް މުޅި އުމުރު ޖައްސާ އެއްޗަކަށް
ލޯބިވޭ ހިނިތުންވުމުގެ ހިތް ހެޔޮ ސަލާމުގެ އުފަލަކަށް

ލޯބިވޭ ލޯބީގެ ބާރުން ބިރު އުފައްދާ އެއްޗަކަށް
ލޯބިވޭ ލޯބީގެ ނަމުގައި ލޯބި ފަތުރާ މަޖަލަކަށް

ލޯބިވޭ ބުނެދީ ބަޔާންކޮށް ސިފަކުރަން ދަތި އެއްޗަކަށް
ލޯބިވޭ ތަފްސީލު ދިގުދިގު މާނަވީ ސުރުޚީއަކަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *