Support Us

ލަފުޒަކަށް ބޭނުންވެޔޭ

ލޯބި ވާކަން ހާމަ ކޮށްދޭން ލަފުޒަކަށް ބޭނުންވެޔޭ
ލޯބިވެވުމަށް ފަހު އެ ލަފުޒަށް މާބޮޑަށް ބޭނުންވެޔޭ

ތަރިތަކާ ތަރިތައް އެ ފިޔަޖަހަމުން ރެޔާއި ދުވާލުގައި
ބަރިޔަކަށް ތިބެ އެތުރިގެން ލޯބީގެ ނަޣުމާ އިއްވަޔޭ

ހަނދު ހަނދަށް މަދަދުގެ އުޖާލާ ނަލަކަމަށް އެދިގެން ސަފުން
ހަނދުވަރާ ހަނދުވެސް ބަޔާންކޮށް ލޯބި ބުނެ ސިފަކޮށް ދެޔޭ

އުޑުމަތީގައި ކޮޅުކޮޅަށް އެކި ދަންދަމަށް ވިހުރޭ ވިލާ
މަޑުމަޑުން ލޯބީގެ ސިފަވީ ލަފުޒު ލޯބިން އަންގަޔޭ

ބީހެމުން ވައިރޯޅިތައް ޖައްވާ ފަޒާގައި ބޮސްދެމުން
ހީނލަމުން ލޯބީގެ ނިޔަނެތި ލަފުޒުތައް ގުގުމައިދެޔޭ

ގަސްތަކާ ވެޔޮތައް ހިމޭނުން ވިނަތަކާ މުޅިކާއިނާތު
ބަސްތަކުން ލޯބީގެ ލަފުޒާ ފާޅުކޮށް ބުނެދޭމެޔޭ

ދޫނިސޫފާސޫފިތައް ނަލަ އަންދަލީބުގެ އަޑުތަކުން
ލޯބިވާކަން އަންގަމުން ގުލްޝަން އުފާވެރިކޮށްދެޔޭ

ކޯޅިތައްމާ ހެލިލަމުން ފަތިހުގެ ފިނީ މާފޮޅުވަމުން
ރޯޅިޔާ ވައި ތޮޅިލަމުން އެ ލަފުޒު ބަޔާންކޮށް ބުނެދެޔޭ

ރާޅުތައް ދިޔަރެހު އެ ބޮސްދީ ބީހެމުން މާމަޑުމަޑުން
ފާޅުގައި ލޯބީގެ ލަފުޒުން ދޮންވެލީ ފިރުމައިދެޔޭ

ލޯބިވަންޏާ ލޯބިވާކަން ފާޅުކޮށް ހިނދުހިނދުކޮޅުން
ލޯބި ބުނެދޭން ލޯބި ލަފުޒެއް ގައިމުވެސް ބޭނުން ވެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *