Support Us

އަމާނާތްތެރިއަކަށް ވަންޏާ..

އަމާނާތް ތެރިއަކަށް ވަންޏާ ދެދުނިޔޭންވެސް ވަނީ ރަޙްމަތް
އަމާނާތްތެރި ކަމަށް ﷲ ދެއްވާނީ އަބަދުވެސް ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ އެހެން މީހުން ކުރާ ޤަދަރުން،
ޙަޔާތުގެ ކުރި މަގަށް ލިބެނީ އަރާމާ ލައްޒަތާ ނިއްމަތް

އަމާނާތް ތެރިއަކަށް ވަންޏާ އަމާން މީހެއް ކަމަށް ދެކެމުން
އަމާނާތެއް ޙަވާލު ކުރަން ކެރޭކަން ވެސް އެއީ ނިޢްމަތް

އަމާނާތް ތެރިއަކަށް ވަންޏާއި މައި ބަފައިންގެ ޙައްގުތަކަށް،
ވަފާތެރި ދަރިއަކަށް ވީމާ، އެއީއޮތް އެންމެ ބޮޑު ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ ބުނާ ބަހަކާ ކުރާ ކަމަކާ،
ދެކޮޅު ސީދާ ވުމުން މީހުން ކުރާ އިތުބާރަކީ ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ ލަފާ ޞާލިޙު އަޅެއް ކަމުގައި،
ބަލާމީހުން ތިމާޔާ މެދު ބަލާކަން ވެސް އެއީ ނިޢްމަތް

އަމާނާތް ތެރިއަކަށް ވަންޏާ އެކީ އެކުވެރި ވެގެން އުޅުމަށް،
އަމާނާތް ތެރި ބަޔަކު ވާނޭ، މިކަމަކީ ވެސް، ލިބޭ ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ ވަފާތެރިއެއް ކަމަށް ބަލަމުން،
ޖަމާޢަތު ގައި ތިމާގެ ގަދަރު އުފުލި ދިއުމީ، ލިބޭ ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ ސަނާ ތަޢްރީފު ތައް އޮހެމުން،
ވަށައިގެން ހެޔޮ އެދޭ މީހުން ބުނާ ހެޔޮބަސް އެއީ ނިޢްމަތް

އަމާނާތް ތެރިއަކަށް ވަންޏާ އަމާނާތެއް ބަހައްޓަން ވެސް
ޙަވާލުކުރާ އަމާނާތެއް ޙަވާލު ކުރުން، އެވެސް ނިޢުމަތް

އަމާނާތް ތެރިއަކަށް ވަންޏާ ކަލާނގެ އެމާތްވި ޙަޒުރަތު ގައި،
އަރާމާ ލައްޒަތާ އުފަލުން ފުރިހައި، ދަރުމަޔާ ނިއްމަތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *