Support Us

ޔޫރޯ2020: ރޫސީންގެ ފުރަތަމަ މޮޅާއެކު ގްރޫޕްގެ ދެވަނައަށް

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޫސީ ވިލާތަށް ކޮންމެހެން މަޖުބޫރު މޮޅެއް ފިންލެންޑްގެ މައްޗަށް ލިބިއްޖެއެވެ. ރޫސީވިލާތުގެ ސެއިންޓް ޕީޓަރސް ބާރގުގައި ކުޅުނު މި މެޗުން ރަޝިއާ މޮޅުވީ 1-0ގެ ކުޑަކުޑަ ތަފާތަކުންނެވެ. މީގެ ކުރީން މި މަހު 13 ގައި ބެލްޖިމާއެކު ރޫސީން ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން އެ މީހުން ބަލިވެފައިވާތީ މި ރޭ އެ މީހުން މޮޅުވުން މަޖުބޫރެވެ.

ފިންލެންޑް ވެސް ހީކޮށްގެން ތިބީ މެޗްގެ ފުރަތަމަ ފަސް މިނިޓުގައި މެޗްގެ ލީޑް އެ މީހުންނަށް ނެގޭނެ ކަމަށެވެ. ނަމަވެސް ޖޮއެލް ޕޯޖަމްޕާލޯ ބޮލުން ޖަހައި ވައްދައިލި ބޯޅަ، އީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ލަނޑަކަށެވެ.

ރޫސީންގެ ބޯޅަތައް ހުއްޓުވާން ފިންލޭންޑަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ދެ ޓީމުގެ ގޯލު ވެސް ހުޅުޅުވައި ނުލެވި އޮތް އޮތުމަށް ނިމުން ގެނައީ 45 މިނިޓަށް ފަހު ރެފްރީ ދިން އިތުރު ވަގުތުގައެވެ. ރޫސީންގެ އެލެކްސެއި މިރާންޗުކް ގޯލި އޭރިއާގެ ތުންފަތްމަތީގައި ހުރެ އޭނާގެ ވާތުފައިން ގޯލުގެ މަތީ ކަނަށް ފޮނުވައިލި ނަލަ ބޯޅައިންނެވެ.

މެޗް މެދަށް ހުއްޓައިލުމަށް ފަހު ކުޅުނު ދެވަނަ ބައިގައި ދެ ޓީމަށް ވެސް ލަނޑު ކާމިޔާބުކުރުމުގެ ފަހި ފުރުޞަތުތަކެއް ލިބުނެވެ. މެޗު ފެށުނު ހިސާބުން ފެށިގެން ވެސް ރޫސީން ގެންދިޔައީ ލިބުނު ބޯޅަތަކުގައި ފިންލޭންޑު ކޮޅަށް ބާރުބޮޑުކުރަމުންނެވެ. ނަމަވެސް ލިބުނު ކައުންޓަރ ހަމަލާތަކުގައި ފިންލޭންޑުން ވެސް ރޫސީންނަށް ނުރައްކާ ނުކުރެއެއް ނޫނެވެ. ނަމަވެސް ފުރަތަމަ 45 މިނިޓްގައި ދެ ޓީމުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ރޫސީންލީޑް ފުލާކުރުމަށް ޓަކައި އެ ޓީމުގެ މެޓްވޭ ސެފޮނޯވް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރިފުޢަތު ޒެމަލެޑިނޯވް ހިތްވަރާއެކު ފޮނުވި ބޯޅަތައް ދިޔައީ ގޯލާ މާ ފެލުންނެވެ.


މި ރޭގެ މެޗުން ލިބުނު މޮޅާއެކު ރޫސީން މި ވަގުތު އޮތީ ގްރޫޕުގެ ދެވަނައިގައި ތިން ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު ބެލްޖިއަމް އޮތް އިރު މާދަމާ ޑެންމާކް އަތުން ބެލްޖިއަމް މޮޅުވެއްޖެ ނަމަ އެ ޓީމަށް އަނެއްކާ ވެސް ގްރޫޕުގެ އެއްވަނަ މަގާމު ލިބޭނެއެވެ. މި ގްރޫޕުގައި ތިން ޓީމަކަށް މިހާރު އޮތީ ތިން ޕޮއިންޓް ލިބިފައެވެ. އެއީ ރޫސީންނާއި ފިންލޭންޑާއި ބެލްޖިއަމެވެ. އަދި މިހާތަނަށް ޕޮއިންޓެއް ނުލިބެނީ ޑެމްމާކަށް އެކަންޏެވެ.

ދެވަނަ ހާފުގައި ރޫސީންގެ ލީޑް ފުޅާކުރިޔަ ނުދީ ހިފެހެއްޓުމުގެ ހުރިހާ ވެސް ތަޢުރީފެއް ޙައްޤުވަނީ ފިންލޭންޑުގެ ކީޕަރަށެވެ. އޭނާގެ މޮޅު ސޭވްތަކުން ރޫސީން ލީޑު ފުޅާކުރިޔަ ނުދީ ހިފެހެއްޓިއެވެ.

ކޮލިފައިންގައި ރަޝިޔާ ދެން ކުޅޭނީ މި ގްރޫޕުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މިމަހުގެ 22ގައި ޑެންމާކާއެވެ. ދެން ފިންލޭންޑް ބައްދަލުކުރާން އޮތީ މި މަހު 22 ވަނަ ދުވަހު ބެލްޖިއަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *