ރާގަކަށް ފިރުކިލަނީ ރަންތުނޑުލީ ހިތުގެ ގަލަން
މާދުރުން ހޭލާތީ އިހުގެ މަނާޒިރުގެ ހިލަން
ފޯދިގެން އައި އިރު ގުލްޒާރުގެ ނޫކަށި ފުރައިން
ރޯދިވީ ރިޒުގުގެ ތާސީރު އެދޭތީ ދެކެލަން
ރާގަކަށް ފިރުކިލަނީ ރަންތުނޑުލީ ހިތުގެ ގަލަން
މާފޮޅޭ މޫސުމުގައި މާއުފަލުން އުޅުނީތީ
މާބުރީ އުލްފަތުގައި މަލުގެ މިޒާޖާ ތޮޅެލަން
ރާގަކަށް ފިރުކިލަނީ ރަންތުނޑުލީ ހިތުގެ ގަލަން
ވާދަވެރި ގޮންޖެހުމުން ނަފުސު އެދުހު އެދުނީތީ
ޖާދުވީ ބާރުތަކުން މަލުގެ ނުފޫޒާ ކުޅެލަން
ރާގަކަށް ފިރުކިލަނީ ރަންތުނޑުލީ ހިތުގެ ގަލަން
ހަނދުވަރީ ރޭތަކުގައި ލަދުވެތިކަން މޫނުއަޅައި
ތަދުތަކާ ދިން ހުރިހާ ފޮހެލީތީ ހިތުގެ ގިލަން
ރާގަކަށް ފިރުކިލަނީ ރަންތުނޑުލީ ހިތުގެ ގަލަން
ހަނދުމަތައް ފެންކަޅިވާ އެދުހުގެ ހުރިހާ ނުފިލާ
އަދު މިހިތް އެދުނީތީ އޭގެ ހަގީގަތް ލިޔެލަން