...

Support Us

ގައުމެއްގެ ނިސްބަތުގައި ޝާއިރުންގެ ޒިއްމާއަކީ ކޮބައިތޯ؟

ޝާޢިރީ ޒިއްމާއަކީ ލޯބީގެ އިޙްސާސެއް އެކަނީ ތޯ
ޝާއިރުންނަށް ޝާއިރީ ގައުމިއްޔަ އިޙްސާސެއް ނެތީ ތޯ

ޝާޢިރުން ޒިއްމާޔަކީ، ހަމަ ރަން ރިހިން އަތްކަން އަޅައި،
ޢާޝިޤާ ޔަށް ލޯބިވާ މަދަޙާ ސަނާ ކުރުނީސް ކުރުން ތޯ

ޝާއިރުން، ގައުމާއި ވަތަނާ އަނބި ދަރީންގެ ޖިހާދުގާ
ޝާއިރީ ޖަޒުބާތުގައިވެސް ޙައްގު ބަސް ބުނުމެއް ނުވޭ ތޯ

ޝާޢިރުންނަށް ދޭ މަގާމާ ބޮޑު މުސާރަޔަކީ އެއީ،
ޝާއިރީ ގަލަމުގެ "ކޮޅަށް ޖެހި ދޯރިޔެއް ކަމުގައި" ބެލޭ ތޯ

ޝާޢިރުން މިއުފަންވި ގައުމާ، ދީނަށާ، މިނިވަން ކަމަށް،
ޚާއިނުން އަތް ގަދަކުރާ އިރު ޝާޢިރުން ޒިއްމާ ނެތީ ތޯ

ޝާޢިރިއްޔަތުގައި އެވާ ޖަޒުބާތް ތަކާ ފޮނި ލައްޒަތުން،
ޝާޢިރީ ޖާދޫ ނުޖެހިދާ ރޫޙަކީ ދުނިޔެއިން ކޮބައި ތޯ

ޝާޢިރީ ހަތިޔާރަކީ ބަޑިއާ ބޮމާއި މިސައިލަކަށް ވުރެ،
މާފުނަށް ވަދެ ޒަޚަމު ކޮށްލާ ވަޒަނަކަށް ނުބެލޭނެ ތޯ

ޝާޢިރުން ހަނގުރާމަ ކުރުމަށް ގެންގުޅޭ ހަތިޔާރަކަށް،
ޝާޢިރީ ޖަޒުބާތު ތަކުން ފޮނުވޭނެ ޙަމަލާއެއް ނުވޭ ތޯ

ޝާޢިރުންނަށް ހީވަނީހޭ؟ ޝާއިރީ ހުނަރާއި، ފަންނުން،
ޒާލިމުންނަށް ޙައްގު ރައްދެއް ދީފިނަމަ ކުށްވެރިވަނީ ތޯ

ޝާޢިރުންގެ ދުލުން "މަށާއި ބެހޭކަމެއް ނޫނޭ" ކިޔައި،
މާތްކަލާކޯ! ދާގޮތަށް ދާން ޝާޢިރުންވީ ހަނު ތިބެން ތޯ

ޝާޢިރުން ދުރުގައި ބަލަންތިބެ، ފާތިޙާން އުޅެ ފަތަޙަވީމާ،
ޝާޢިރުން ދުވެފައި ނިކުމެ ދެން އަތްޖެހީމާ އެ ނިމުނީ ތޯ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *