Support Us

ފިނިފަތިސް

ފިނިން ފަތިހުގެ ތެދުވަމާހޭ މިނެއްނެތް ރޯދި އެދިގެން ދާން
ފިނިން އެ ލިބޭ ޢަރާމުން ހޯދުމަށްބަރަކާތް އަދައިގެން ދާން

ޖެހޭ ފިނި ރޯޅިޔާ އެކުގައި ހެލޭ މާތައް ވަޔާއެކުގައި
ސޮހޭ ޝަބްނަމްގެ ތިކިތައް ކުރުވަނީ މާޒީގެ ފޮނި އެހަނދާން

ފޮޅޭ ޗަމްޕާމަލާ ނޫރަންމަލާ ބިނދެ ގެން އަތުން ގަތަމުން
ތޮޅޭ އެކި އެކި ކުދިންނާއެކު ލިބުނު އުފަލުގެ އެރީތިހަނދާން

ސަޤާފަތު އިހުގެ އާކޮށްގެން މަގުން ސީދާ ނުޖެހި ފަހަތަށް
މަޤާމާ ޢިއްޒަތާ ހޯދަން ކުރަންވީ ކާބަފައިންގެ ހަނދާން

މަނާޒިރު ދައްކަނީ މާޒީގެ ހިތްހެޔޮ އުޚުތުނާއިއަޚުން
ހަނާ އަޅަމުން އެކީ ކުޅެމުން ޒަމާން ވޭތުވި ގޮތުގެ އެހަނދާން

ވިދާ ހުދު ތުނޑިތަކާ ނޫވިލު ފަޅާ ބުނެދޭ އެސިއްރުތަކުން
ވިދާ ހުދު ފޮނުގެ ރާޅުތަކުން އިވުނު މިއުޒިކުގެ ރީތި ހަނދާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

Leave a Reply to Mary ރައްދު ކެންސަލް

Your email address will not be published. Required fields are marked *