Support Us

އަދި އަތުޖެހޭނެއެވެ!

އޭ ހިތާމައިގެ ސާލެއް ލައިގެން

ރޮއި ކަރުނަ އަޅަމުން،

މަގުގައި ފިޔަވަޅު އަޅަމުން،

ހިނގަމުން ކުރިއަށްދާ އަންހެނާއެވެ!

އަދި އަތުޖެހޭނެއެވެ!

މާތްރަސްކަލާނގެ އިރާދަފުޅައިގެން،

ހަމަ ޔަގީނުން ވެސް، އަދި އަތުޖެހޭނެއެވެ!

 

ކޮންމެވެސް ދުވަހަކުން،

ކޮންމެވެސް ތަނަކުން،

އަދި ފެނި، އަތުޖެހޭނޭ ވެސް މެއެވެ،

ބަހާރު މޫސުމުގެ އުފާވެރި މަންޒިލެވެ!

އޭ މަގުގައި ފިޔަވަޅު އަޅަމުން،

ހިނގަމުން ކުރިއަށްދާ އަންހެނާއެވެ!

 

އެއްވެސް ޝައްކެއް ނެތެވެ!

ހިތާމައާއި ވޭނުގެ މަގުތައް، ދިގެވެ!

ނަމަވެސް، ނުރުހި ނުހުންނާށެވެ!

ލޯތްބާއެކު ހިއްވަރުލައި ކެރިގެން،

ހިތާމައިގެ މަގުތައް ހުރަސްކުރަން އުޅޭށެވެ!

 

އެ ކަމުގައި އުޅޭ އިރު،

ލޮލުން ފައިބާ ކަރުނަތައް ދިރުވަމުންނެވެ،

ފުން މާނާވޭތަކުގެ (ކަޅު) ވިލާތައް އެއްފަރާތްކުރަމުންނެވެ!

މަގު އޮތީ ދުރުގައި ހެން ހީވެ ދާނެއެވެ،

ނަމަވެސް، އެ މަގު އޮތީ ދުރުގައެއް ނޫނެވެ!

(އުފާވެރި) މަންޒަރުތަކުގެ މަންޒިލަށް،

ބަހާރު މޫސުމުގެ ހިތްގައިމު މަންޒިލަށް،

ދެވެން އޮތް މަގެވެ!

އޭ މަގުގައި ފިޔަވަޅު އަޅަމުން،

ހިނގަމުން ކުރިއަށްދާ އަންހެނާއެވެ!

 

އަހަރެން އެއްބަހެވެ!

އަހަރެންގެ ވަށައިގެން މިހާރު އޮތީ ކަޅު އަނދިރިކަމެވެ،

ހަނދުވަރުގެ އަލިކަން ގެއްލިފައި އޮތް ކަމެވެ!

ހަނދުވަރުގެ އަލިކަން ފުސްވެ، ފަނޑު ނުވެ އޮތް ނަމަތާއެވެ!

ނަމަވެސް، ނިކަން ދެކި ބަލާށެވެ!

ލޮލުގެ ހަނދުވަރުން މަގަށް އަލިކުރާށެވެ!

އަދި، ލޮލުގެ އަލިކަމުގެ ނޫރުން،

ރޭގަނޑުގެ އަނދިރިކަމުގެ ފަރުދާ ކަހާލާށެވެ.

 

އޭރުން ތަރިތަކުގެ މަންޒިލު ފެންނާނެއެވެ!

އަދި، އުފާވެރިކަމުގެ މަންޒިލަށް އޭރުން ދެވޭނެއެވެ!

އޭ މަގުގައި ފިޔަވަޅު އަޅަމުން،

ހިނގަމުން ކުރިއަށްދާ އަންހެނާއެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *